ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ބޭނުންވާ ބައެއް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
                                އިޢުލާން
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ބޭނުންވާ ބައެއް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މި އޮތޯރިޓީގެ ފަރާތުން 2025 މެއި 21 ވަނަ ދުވަހު ކުރި ނަންބަރު IUL)450-CA/450/2025/24) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތުސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2025 ޖޫން 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
 
އަންދާސީ ހިސާބު ހުށަހެޅުއްވުން
- · ތާރީޚު: 18 ޖޫން 2025 (ބުދަ)
 - · ގަޑި: ހެނދުނު 10:00 އަށް
 - · ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
 - · އިތުރު މަޢުލޫމާތު:
 - ގަޑިއަށް ހާޟިރުނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
 - އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ސިޓީއުރަ ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
 
             03 ޖޫން 2025
            
        
                    ހޯދާ  
                
                