ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ލެޕްޓޮޕް ގަތުމަށް ބޭނުންވެއްޖެ

ލެޕްޓޮޕް ގަތުމަށް ބޭނުންވެއްޖެ

 

މި ޓްރައިބިއުނަލުން ދޭ މަޢުލޫމާތާ އެއްގޮތަށް 5 (ފަހެއް) ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 ކުރިން [email protected] އީމެއިލްއަށް ބިޑާ ބެހޭ ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

03 ޖޫން 2025
ހޯދާ