މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

 

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

މި ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމްގައެވެ. މި ޖަލްސާގައި ޙިއްޞާދާރުންނަށްމޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.  

 

2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ނިޔަލަށް މި ކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. 

މިކަން ވާނީ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 2025 މާރިޗު 27 ވަނަ ދުވަހު، ނަންބަރު: MTCC-CSD/IU/2025/0134 އިޢުލާނުން ޢާންމުކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  2. 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  3. 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅައި ފާސްކުރުން
  4. 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުން
  5. 2024 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން 
  6. 2025 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ހޮވައި، އެފަރާތުގެ އުޖޫރަ ކަނޑައެޅުން
  7. ޙިއްޞާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުން
  8. ޖަލްސާ ނިންމުން

  

ޖަލްސާއަށް ރަޖިސްޓަރ ކުރުން

ޖަލްސާއަށް ރަޖިސްޓަރ ކުރުން 

ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ އެންމެހައި ޙިއްޞާދާރުން، 2025 ޖޫން 15 ވަނަ ދުވަހުގެ 20:30 ގެ ނިޔަލަށް ރަޖިސްޓަރ ކުރައްވަންވާނެއެވެ. 

 

މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް infinity.mv))،އެމް.ޓީ.ސީ.ސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް (sop.mtcc.com.mv)، އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:00 އާއި 16:00 އާދެމެދު އެމް.ޓީ.ސީ.ސީ ޓަވަރުގެ ކައުންޓަރަށް "2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް" ހުށަހަޅުއްވައިގެން ރަޖިސްޓަރކުރެއްވޭނެއެވެ. 

 

ޖަލްސާއަށް ރަޖިސްޓަރ ކުރާނެ ގޮތުގެ ވީޑިއޯ މި ކުންފުނީގެ ވެބްސައިޓު (mtcc.mv) ގައި ޝާޢިއުކޮށްފައިވާނެއެވެ.

 

އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ރަޖިސްޓަރ ކުރާނެގޮތް:https://www.youtube.com/watch?v=MFN1VjzOmfs

ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ރަޖިސްޓަރ ކުރާނެގޮތް:https://www.youtube.com/watch?v=swhTuZXIWgs

 

 

  1. 1.    މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރ ކުރެއްވުމަށް

 

އިންފިނިޓީ ޕޯރޓަލްއަކީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީގެ އޮންލައިން ޚިދުމަތް ފޯރުކޮށްދޭ ވެބް އެޕްލިކޭޝަނެވެ. އިންފިނިޓީ ޕޯރޓަލްއަށް ލޮގިން ނުވަތަ ސައިން-އަޕް ކުރެއްވޭނީ އެމް.އެސް.ޑީ އެކައުންޓެއް ހުޅުވާފައިވާ ޙިއްޞާދާރުންނަށެވެ. އެމް.އެސް.ޑީ އެކައުންޓް ހުޅުވާފައިނުވާނަމަ، އިންފިނިޓީ ޕޯރޓަލްއަށް ލޮގިން ކުރުމަށް އެމް.އެސް.ޑީ އެކައުންޓެއް ހުޅުވަން ޖެހިވަޑައިގަންނަވާނެއެވެ.

 

1.1 އެމް.އެސް.ޑީ އެކައުންޓް ހުޅުވުމަށް:

  1. އިންފިނިޓީ ޕޯރޓަލްގެ ވެބްސައިޓް ލިންކް (www.infinity.mv) އަށް ވަންނަވާ.
  2. އިންފިނިޓީއަށް ލޮގިން ކުރެއްވުމަށް އެމް.އެސް.ޑީ އެކައުންޓް ހުޅުވުމުގައި ދީފައިވާ އައިޑެންޓިފިކޭޝަން ނަންބަރު، އީމެއިލް އަދި މޯބައިލް ނަންބަރު،ޖެއްސެވުމަށްފަހު “Sign Up” ކުރައްވާ.
  3. އެންޓަރ ކުރެއްވި އައިޑެންޓިފިކޭޝަން ނަންބަރުގައި އެމް.އެސް.ޑީ އެކައުންޓެއް ހުޅުވާފައިނުވާނަމަ، އެކައުންޓެއް ހުޅުވަން ޖެހިވަޑައިގަންނަވާނެ. 
  4. އެކައުންޓް ހުޅުވުމަށް “Open an Account” ސިލެކްޓް ކުރައްވާ.
    1. ސްކްރީންގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވާ.
    2. ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް އަޕްލޯޑް ކުރައްވާ.
    3. ދީފައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް ފާހަގަ ޖެއްސެވުމަށްފަހު “Continue” ސިލެކްޓް ކުރައްވާ.
    4. އެޕްލިކޭޝަން “Submit” ކުރެއްވުމުން އިތުރަށް ކުރިޔަށް ދާންވީގޮތުގެ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިންނަވާނެ.
    5. އެމް.އެސް.ޑީ އެކައުންޓް ހުޅުވުމުން އިންފިނިޓީ އައި.ޑީއެއް ކްރިއޭޓް ކުރައްވާ.
    6. އިންފިނިޓީ އައި.ޑީ ޖައްސަވައިގެން އިންފިނިޓީއަށް ލޮގިން ކުރައްވައި. އަދި އެސް.އެމް.އެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބިފައިވާ ސެކިއުރިޓީ ޓޯކަން ޖެއްސެވުމަށްފަހު "Verify"  ކުރެއްވުމުން އިންފިނިޓީއަށް ލޮގިން ކުރެއްވޭނެ.

 

1.2 އަހަރީ ޢާންމު ޖަލްސާއަށް އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް:

 

  1. އިންފިނިޓީ ޕޯރޓަލް (www.infinity.mv) އަށް ލޮގިން ކުރައްވާ. 
  2. ސްކްރީނުގެ ވާތް ފަރާތުގައިވާ “FahiVote” ޓެބް ސިލެކްޓް ކުރައްވާ.
  3. އެމް.ޓީ.ސީ.ސީގެ “AGM 2024” ސިލެކްޓް ކުރައްވާ.
  4. ސްކްރީނުން ޖަލްސާގެ އެޖެންޑާ އަދި ޖަލްސާއަށް ޕްރީ-ރަޖިސްޓަރ ކުރުމާއި، ޕްރޮކްސީ ރަޖިސްޓަރ ކުރުން ފެނިވަޑައިގަންނަވާނެ.
  5. ރަޖިސްޓަރ ކުރެއްވުމަށް  “Self-Registration / Pre-Registration”ގައި ފާހަގަލުމަށްފަހު “Submit” ކުރައްވާ.

 

މިހިސާބުން ޙިއްޞާދާރު ޖަލްސާއަށް ރަޖިސްޓަރވާނެއެވެ. އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ޙިއްޞާދާރު ރަޖިސްޓަރވުމުން ޖަލްސާއަށް އެފަރާތުން ޕްރޮކްސީ ހުށަހެޅުން ވަގުތީ ގޮތުން ބަންދުވާނެއެވެ. ރަޖިސްޓަރވުމަށްފަހު އެހެން ފަރާތަކަށް ޕްރޮކްސީ ދޭން ބޭނުންފުޅުވާނަމަ، ރަޖިސްޓްރޭޝަން ކެންސަލް ކުރެއްވުމަށްފަހު ޕްރޮކްސީ ދެވިދާނެއެވެ.

އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރ ކުރެއްވޭނީ، 2025 ޖޫން 15 ވަނަ ދުވަހުގެ 20:30 ގެ ނިޔަލަށެވެ.ޅ

1.3 އަހަރީ ޢާންމު ޖަލްސާއަށް އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ޕްރޮކްސީ ޢައްޔަނުކުރެއްވުމަށް:

ޙިއްޞާދާރުގެ ބަދަލުގައި އެހެން ފަރާތަކުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނަމަ، އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ޕްރޮކްސީއެއް ޢައްޔަނުކުރުމަށް:

  1. އިންފިނިޓީ ޕޯރޓަލް (www.infinity.mv) އަށް ލޮގިން ކުރައްވާ.
  2. ސްކްރީނުގެ ވާތް ފަރާތުގައިވާ “FahiVote” ޓެބް ސިލެކްޓް ކުރައްވާ.
  3. އެމް.ޓީ.ސީ.ސީގެ “AGM 2024” ސިލެކްޓް ކުރައްވާ.
  4. ސްކްރީނުން ޖަލްސާގެ އެޖެންޑާ އަދި ޖަލްސާއަށް ޕްރީ-ރަޖިސްޓަރކުރުމާއި، ޕްރޮކްސީ ރަޖިސްޓަރކުރުން ފެނިވަޑައިގަންނަވާނެ.
  5. “Proxy Registration / On my Behalf” ގައި ފާހަގަލުމަށްފަހު “Submit” ކުރައްވާ.
  6. ސްކްރީނުގައިވާ މަޢުލޫމާތު ފުރިހަމަ ކުރައްވައި، އައިޑެންޓިފިކޭޝަން ޑޮކިއުމަންޓް އަޕްލޯޑް ކުރައްވާ.
  7. “Submit Proxy” ސިލެކްޓް ކުރައްވާ.

 

މިހިސާބުން ޙިއްޞާދާރު ޖަލްސާއަށް ރަޖިސްޓަރވާނެއެވެ. ޕްރޮކްސީ ރަޖިސްޓަރވުމުން ޖަލްސާއަށް ޙިއްޞާދާރު ރަޖިސްޓަރކުރުން ވަގުތީ ގޮތުން ބަންދުވާނެއެވެ. ޖަލްސާގައި ޙިއްޞާދާރު ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާނަމަ، ޕްރޮކްސީ ރަޖިސްޓްރޭޝަން ކެންސަލްކުރެއްވުމަށްފަހު އަލުން ޖަލްސާއަށް ރަޖިސްޓަރ ކުރެވިދާނެއެވެ.  

އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރކުރެއްވޭނީ، 2025 ޖޫން 15 ވަނަ ދުވަހުގެ 20:30 ގެ ނިޔަލަށެވެ. 

 

 

 

  1. 2.    އެމް.ޓީ.ސީ.ސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރ ކުރެއްވުމަށް

ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލަކީ، އެމް.ޓީ.ސީ.ސީގެ ޙިއްޞާދާރުންގެ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދޭ އެޕްލިކޭޝަނެވެ. ޝެއަރހޯލްޑަރސް އޮންލައިންޕޯރޓަލްއަށް ސައިން-އިން ކުރެއްވޭނީ އެމް.ޓީ.ސީ.ސީގައި ފޯނު ނަންބަރު ރަޖިސްޓަރ ކުރައްވާފައިވާ ޙިއްޞާދާރުންނަށެވެ. ނަންބަރު ރަޖިސްޓަރ ކުރައްވާފައިނުވާނަމަ، “Information Update Request” ފޮނުވަން ޖެހިވަޑައިގަންނަވާނެއެވެ.

 

2.1 ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލްގައި ފޯނު ނަންބަރު ރަޖިސްޓަރ ކުރެއްވުމަށް:

 

  1. ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލްގެ ވެބްސައިޓް ލިންކް (sop.mtcc.com.mv) އަށް ވަންނަވާ.
  2. “Information Update Request” ސިލެކްޓް ކުރައްވައި ޙިއްޞާދާރުގެ އައި.ޑީ ކާޑު ނަންބަރު އަދި މޯބައިލް ނަމްބަރ ޖައްސަވާ.
  3. ޙިއްޞާދާރުގެ އައި.ޑީ ކާޑުގެ ކޮޕީ އެޓޭޗް ކުރެއްވުމަށްފަހު “Send” ސިލެކްޓް ކުރެއްވާ.
  4. ފޯނު ނަންބަރު ރަޖިސްޓަރވުމުން ކޮންފަރމޭޝަން އެސް.އެމް.އެސްއެއް ލިބިވަޑައިންނަވާނެ.
  5. ފޯނު ނަންބަރު ރަޖިސްޓަރ ވުމުން، ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލަށް ސައިން-އިން ކުރައްވާ.  

 

2.2 އަހަރީ ޢާންމު ޖަލްސާއަށް ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ރަޖިސްޓަރކުރެއްވުމަށް:

  1. ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލްގެ ވެބްސައިޓް ލިންކް (sop.mtcc.com.mv) އަށް ސައިން-އިން ކުރައްވާ.
  2. “AGM 2024” ޓެބް ސިލެކްޓް ކުރައްވާ.
  3. ސްކްރީންއިން ޖަލްސާއަށް ރަޖިސްޓަރ ކުރުމާއި، ޕްރޮކްސީ ރަޖިސްޓަރކުރުން ފެނިވަޑައިގަންނަވާނެ.
  4. ޖަލްސާއަށް ޙިއްޞާދާރު ރަޖިސްޓަރ ވުމަށް  “Pre-Registration”ސިލެކްޓް ކުރައްވާ.
  5. ސްކްރީންގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި، ބޭނުންވާ ލިޔެކިއުންތައް އަޕްލޯޑް ކުރެއްވުމަށްފަހު “Apply” ސިލެކްޓް ކުރައްވާ. 

 

މިހިސާބުން ޙިއްޞާދާރު ޖަލްސާއަށް ރަޖިސްޓަރވާނެއެވެ. ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޙިއްޞާދާރު ރަޖިސްޓަރވުމުން ޖަލްސާއަށް އެފަރާތުން ޕްރޮކްސީ ހުށަހެޅުން ވަގުތީ ގޮތުން ބަންދުވާނެއެވެ. ރަޖިސްޓަރކުރެއްވުމަށްފަހު އެހެން ފަރާތަކަށް ޕްރޮކްސީ ދޭން ބޭނުންފުޅުވާނަމަ ރަޖިސްޓްރޭޝަން ކެންސަލްކުރެއްވުމަށްފަހު ޕްރޮކްސީ ދެވިދާނެއެވެ.

ޖަލްސާއަށް ރަޖިސްޓަރކުރެއްވުމުން ރަޖިސްޓްރޭޝަން ކޮންފަރމޭޝަން އެސް.އެމް.އެސް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރކުރެއްވޭނީ 2025 ޖޫން 15 ވަނަ ދުވަހުގެ 20:30 ގެ ނިޔަލަށެވެ.

 

 

2.3   އަހަރީ ޢާންމު ޖަލްސާއަށް ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޕްރޮކްސީ ޢައްޔަނުކުރެއްވުމަށް:

ޙިއްޞާދާރުގެ ބަދަލުގައި އެހެން ފަރާތަކުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނަމަ، ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޕްރޮކްސީ ޢައްޔަނުކުރެއްވުމަށް:

  1. ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލްގެ ވެބްސައިޓް ލިންކް (sop.mtcc.com.mv) އަށް ސައިން-އިން ކުރައްވާ.
  2. “AGM 2024” ޓެބް ސިލެކްޓް ކުރައްވާ.
  3. ސްކްރީނުން ޖަލްސާއަށް ރަޖިސްޓަރކުރެއްވުމާއި ޕްރޮކްސީ ރަޖިސްޓަރކުރައްވަން ފެނިވަޑައިގަންނަވާނެ.
  4. ޖަލްސާއަށް ޙިއްޞާދާރުގެ ބަދަލުގައި އެހެން ފަރާތެއް ޢައްޔަނުކުރެއްވުމަށް  “Proxy Registration” ސިލެކްޓް ކުރައްވާ.
  5. ސްކްރީނުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި، ބޭނުންވާ ލިޔެކިއުންތައް އަޕްލޯޑް ކުރެއްވުމަށްފަހު “Submit” ކުރައްވާ.
  6. ޕްރޮކްސީހޯލްޑަރގެ އައި.ޑީ ކާޑު ނަންބަރު އަދި އޯ.ޓީ.ޕީ ބޭނުންކުރައްވައިގެން (agm.mtcc.com.mv) އަށް ސައިން-އިން ކުރައްވައިގެން ޕްރޮކްސީ އެޕްލިކޭޝަން “Accept” ކުރެއްވޭނެ.
    1. މިހިސާބުން ޙިއްޞާދާރުގެ ޕްރޮކްސީ، ޖަލްސާއަށް ރަޖިސްޓަރވެގެންދާނެ.
    2. ޕްރޮކްސީ ރަޖިސްޓަރވުމުން ރަޖިސްޓްރޭޝަން ކޮންފަރމޭޝަން އެސް.އެމް.އެސް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ.

 

ޕްރޮކްސީ ރަޖިސްޓަރކުރެއްވުމުން ޖަލްސާއަށް ރަޖިސްޓަރކުރުން ވަގުތީ ގޮތުން ބަންދުވާނެއެވެ. ޖަލްސާގައި ޙިއްޞާދާރު ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާނަމަ ރަޖިސްޓްރޭޝަން މުއްދަތުގެ ތެރޭގައި ޕްރޮކްސީ ރަޖިސްޓްރޭޝަން ކެންސަލް ކުރެއްވުމަށްފަހު އަލުން ޖަލްސާއަށް ރަޖިސްޓަރކުރެވިދާނެއެވެ.  

ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރ ކުރެއްވޭނީ 2025 ޖޫން 15 ވަނަ ދުވަހުގެ 20:30 ގެ ނިޔަލަށެވެ.

 

 

  1. 3.    ފޯމު ހުށަހަޅުއްވައިގެން ޖަލްސާއަށް ރަޖިސްޓަރ ކުރެއްވުމަށް

މި ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓަރކުރަށްވަން ބޭނުންފުޅުވާ ޙިއްޞާދާރުން، ފުރިހަމަ ކޮށްފައިވާ "2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:00 އާއި 16:00 އާދެމެދު އެމް.ޓީ.ސީ.ސީ ޓަވަރުގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ރަޖިސްޓަރކުރެއްވޭނެއެވެ. 

2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ "ރަޖިސްޓްރޭޝަން ފޯމު" އަދި "ޕްރޮކްސީ ބާޠިލް ކުރަން އެދޭ ފޯމު" ކުންފުނީގެ ވެބްސައިޓު

 (https://mtcc.mv/annual-general-meeting/year/2024) އަދި އެމް.ޓީ.ސީ.ސީ ޓަވަރުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. 

 


ހުށަހަޅާ އެޕްލިކޭޝަނާމެދު ޢަމަލުކުރެވޭނެ އުޞޫލު

ހ. އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރކުރެއްވޭނީ އަދި ޕްރޮކްސީ ޢައްޔަނުކުރެއްވޭނީ ޙިއްޞާދާރުގެ އިންފިނިޓީ ލޮގިން މެދުވެރިކޮށެވެ.

ށ. ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރކުރެއްވޭނީ އަދި ޕްރޮކްސީ ޢައްޔަނުކުރެއްވޭނީ ޙިއްޞާދާރުގެ ލޮގިން މެދުވެރިކޮށެވެ.

ނ. ކޮންމެ ޙިއްޞާދާރަކަށް، އެ ޙިއްޞާދާރުގެ ބަދަލުގައި ޖަލްސާއަށް ޙާޒިރުވުމަށް ޢައްޔަނުކުރެއްވޭނީ 01 ޕްރޮކްސީ ހޯލްޑަރެކެވެ.

ރ. ކުންފުނީގެ ޗެއާޕަރސަން އަދި ބޯޑުގެ އެއްވެސް ޑިރެކްޓަރަކަށް ޕްރޮކްސީއެއްގެ ޙައިޞިއްޔަތުން ތަމްޞީލު ނުކުރެވޭނެއެވެ. (ގައިޑްލައިންސް އޮން ވޯޓިންގ ބައި ޕްރޮކްސީ އެޓް ގެނެރަލް މީޓިންގްސް އޮފް ލިސްޓެޑް ކޮމްޕެނީ – ސީ.އެމް.ޑީ.އޭ)

   ބ. ކޮންމެ ޕްރޮކްސީ ހޯލްޑަރަކަށް ޖަލްސާގައި އެންމެ ގިނަވެގެން ތަމްޞީލުކުރެއްވޭނީ 100 ޙިއްޞާދާރުންނެވެ.

   ޅ. ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، އެ އެޕްލިކޭޝަން ބާޠިލްވާނެއެވެ.

ކ. ރަޖިސްޓްރޭޝަން ކޮންފަރމޭޝަން އެސް.އެމް.އެސް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އަންގާނެއެވެ.

އ. ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ލޮގް-އިން މަޢުލޫމާތު، އެސް.އެމް.އެސް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ފަރާތަށް އަންގާނެއެވެ.

 

 

ޖަލްސާގައި ބައިވެރިވުން

އެމް.ޓީ.ސީ.ސީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ހައިބްރިޑްކޮށް (އޮންލައިން އަދި ހާޒިރުވެގެން) އިންތިޒާމްކޮށްފައިވަނީ، މި ޖަލްސާގައި ވީހާވެސް ގިނަ ޙިއްޞާދާރުން ބައިވެރިކުރުމުގެ މަޤްޞަދުގައެވެ. މިގޮތުން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާގޮތް އިޚްތިޔާރުކުރެއްވުމުގެ ފުރުޞަތު ޙިއްޞާދާރުންނަށް ލިބިވަޑައިގަންނަވާނެއެވެ. 

 

ޖަލްސާއަށް ހާޒިރުވުމަށް ރަޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ ޢަދަދު ޖަލްސާކުރާ މާލަމުގައި ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރުވާނަމަ، މި ޖަލްސާއަށް ހާޒިރުވެ ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވާނީ ޖަލްސާއަށް ރަޖިސްޓަރވާ ތަރުތީބުންނެވެ. އަދި މި އަދަދަށްވުރެ އިތުރަށް ރަޖިސްޓަރވާ ފަރާތްތަކަށް ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެވޭނެއެވެ.

މިގޮތުން ޖަލްސާއަށް ރަޖިސްޓަރކުރައްވާ ޙިއްޞާދާރުންނަށާއި ޕްރޮކްސީ ތަމްޞީލު ކުރައްވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެގޮތް އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެއެވެ.

 

މި ޖަލްސާގައި ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށްކަމުގައިވާތީ، ޖަލްސާއަށް ހާޒިރުވެ ބައިވެރިވެވަޑައިގަންނަވާ ފަރާތްތައް ސްމާރޓް ފޯނު / ޓެބްލެޓް ފަދަ، "ފަހިވޯޓް" ބޭނުންކުރެވޭނެ ވަޞީލަތަކާއެކު ޖަލްސާއަށް ވަޑައިގަތުމަށް ދަންނަވަމެވެ.

 

ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 2025 ޖޫން 15 ވަނަ ދުވަހުގެ 20:30 ގެ ކުރިން އަމިއްލަ ގޮތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެވަޑައިގަތުމަށް ރަޖިސްޓަރ ކުރައްވަން ވާނެއެވެ. 

ޖަލްސާއަށް ރަޖިސްޓަރ ކުރައްވާ ޙިއްޞާދާރުންނަށާއި ޕްރޮކްސީ ތަމްޞީލުކުރައްވާ ފަރާތްތަކަށް ޖަލްސާގައި ވޯޓުލުމަށް ބޭނުންވާ އިރުޝާދުތައް އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެއެވެ. 

 

އެޖެންޑާ އައިޓަމްތަކާ ގުޅޭ އިތުރު މަޢުލޫމާތު

އެޖެންޑާ އައިޓަމް 01: ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

 

އެޖެންޑާ އައިޓަމް 02: 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ކުންފުނީގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު ވާނީ 2024 ޖުލައި 31 ވަނަ ދުވަހު، 

ނަންބަރު:MTCC-CSD/IU/2024/0235  އިޢުލާނުން ޢާންމުކޮށް އަންގާފައެވެ. ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ޙިއްޞާދާރުންގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައެއް ނުވެއެވެ. ފާސް ކުރުމަށް ހުށަހަޅާ ޔައުމިއްޔާގެ ޑްރާފްޓް އެމް.ޓީ.ސީ.ސީގެ ވެބްސައިޓުގެ “AGM 2024” ޓެބް (https://mtcc.mv/annual-general-meeting/year/2024) ގައި ޝާއިއުކޮށްފައިވާނެއެވެ. 

 

އެޖެންޑާ އައިޓަމް 30: 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅައި ފާސްކުރުން

ކުންފުނީގެ 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ވާނީ 2025 ޖޫން 02 ވަނަ ދުވަހު، ނަންބަރު: MTCC-CSD/IU/2025/0240  އިޢުލާނުން މި ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.  

 

އެޖެންޑާ އައިޓަމް 04: 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ފާސްކުރުން

ކުންފުނީގެ 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ވާނީ 2025 ޖޫން 02 ވަނަ ދުވަހު، ނަންބަރު: MTCC-CSD/IU/2025/0240  އިޢުލާނުން މި ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ. 

އެޖެންޑާ އައިޓަމް 05: 2024 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން

މި ކުންފުނީގެ ޙިއްޞާދާރުންނަށް 2024 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު -/05 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް -/02 (ދެ ރުފިޔާ)، ބަހާގޮތަށް 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވައި، މިކަން ވާނީ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 2025 ޖޫން 01 ވަނަ ދުވަހު، ނަންބަރު: MTCC-CSD/IU/2025/0241 އިޢުލާނުން ޢާންމުކޮށްފައެވެ. 

މި ކުންފުނިން 2025 މާރިޗު 27 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު: MTCC-CSD/IU/2025/0134 އިޢުލާނުގައިވާ ގޮތުގެ މަތިން، 2024 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބިވަޑައިގަންނަވާނީ 2025 އޭޕްރިލް27  ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިޙިއްޞާދާރުންނަށެވެ. 

 

އެޖެންޑާ އައިޓަމް 06:  2024ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ހޮވައި، އެފަރާތުގެ އުޖޫރަ ކަނޑައެޅުން

2025 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އޮޑިޓް ފާރމްތަކުން އަގު ހޯދައި، ތިރީގައިއެވަނީ އެ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކެވެ. 

އޮޑިޓް ފާރމް

ހުށަހެޅުއްވި އަގު (ރުފިޔާ)

ފާއިތުވި އަހަރު ކުންފުންޏާއެކު ކުރައްވާފައިވާ މަސައްކަތް

ޑެލޮއިޓް ޕަރޓްނާސް

-/510,300

ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން 

ކޭ.ޕީ.އެމް.ޖީ

-/555,660

ނެތް

އަރންސް އެންޑް ޔަންގ

-/544,320

ނެތް

 

 

 

 

 

 

 

ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2025 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި ހަމަޖެއްސުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާ ފަރާތަކީ، 'ޑެލޮއިޓް ޕަރޓްނާސް' އެވެ. 

 

އެޖެންޑާ އައިޓަމް 07: ޙިއްޞާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުން

 

2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޙިއްޞާދާރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓަށް ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ނުވަތަ ހުށަހަޅުއްވަން ބޭނުންފުޅުވާ ޚިޔާލުތައް، 2025 ޖޫން 15 ވަނަ ދުވަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. މިގޮތުން ހުށަހަޅުއްވާ ސުވާލު ނުވަތަ ޚިޔާލުތަކާއެކު ޙިއްޞާދާރުގެ ނަމާއި އައި.ޑީކާޑު ނަންބަރު އީމެއިލްގައި ހިމަނަންވާނެއެވެ. 

 

ސުވާލު ހުށަހަޅުއްވާ ޙިއްޞާދާރުގެ ނަމާއި އައި.ޑީކާޑު ނަންބަރު އީމެއިލްގައި ހިމަނާފައިނުވާނަމަ އެ ސުވާލާއި ޚިޔާލު ފުރިހަމަނުވާކަމަށްބަލައި އަހަރީ ޢާންމު ޖަލްސާއަށް ހުށަނޭޅޭނެއެވެ.

 

 

 

 

ޢާންމު ޖަލްސާގައި މެންބަރުން ވޯޓުދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނީގެ ޙިއްޞާގެ ބާވަތަށް ބަލައި ކަނޑައެޅިފައިވާ ޙައްޤުތަކާއި ޤައިދުތައް ފިޔަވައި، ކުންފުނީގެ ކޮންމެ ޢާންމު ޖަލްސާ އެއްގައިވެސް ކޮންމެ މެންބަރަކަށްވެސް ވޯޓުދެވޭނީ، އޭނާއަށް ލިބިގެންވާ ކޮންމެ ޙިއްޞާއަކަށް 1 (އެކެއް) ވޯޓެވެ. އަދި ބައްދަލުވުމުގައި ވޯޓުދޭއިރު އަތްއުފުލައިގެން، ނުވަތަ އިލެކްޓްރޯނިކް ޛަރީޢާއިން ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެނޫންވެސް ގޮތަކަށް ވޯޓުދެވިދާނެއެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 45.2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢާންމު ޙިއްޞާދާރުން ތަމްސީލުކުރުމަށް ޑިރެކްޓަރުން ޢައްޔަނު ކުރުމަށް ފާސް ކުރާ ޤަރާރުތަކަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވަނީ ޢާންމު ޙިއްޞާދާރުންނަށެވެ. އަދި އެ ވޯޓުގައި އެހެން ޙިއްޞާދާރުން ބައިވެރިވެ ވޯޓު ދިނުމުގެ ހައްޤު ލިބިގެން ނުވެއެވެ 

ކުންފުނީގެ ހިންގާ ގަވާއިދުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަކަށްވުރެ ގިނަ ބަޔަކު އެކުވެގެން ގަނެފައިވާ ޙިއްޞާއަކަށް ވޯޓުދޭންޖެހޭ ޖެހުމުގައި، އޭގެ ތެރެއިން އެންމެ އިސްމީހަކު އަމިއްލައަށް ޖަލްސާގައި ބައިވެރިވެ ނުވަތަ ބަދަލުގައި ބައިވެރިވުމަށް މީހަކު ފޮނުވައިގެންކަމަށްވިޔަސް ދޭ ވޯޓަކީ އެ ޙިއްޞާގައި ބައިވެރިވާ އެހެން މީހުންގެ ޣައިރު ޙާޟިރުގައި އެ އެންމެންގެ ފަރާތުން ދޭ ވޯޓެއް ކަމުގައި ބަލަން ޖެހޭނެއެވެ. މިގޮތުގެ މަތިން އެންމެ އިސް މީހަކު ކަޑައަޅާނީ މެންބަރުންގެ ރަޖިސްޓްރީގައި ނަންތައް ލިޔެވިފައިވާ ތަރުތީބުންނެވެ. 

ކުންފުނީގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއްވެސް ޖަލްސާއެއްގައި ވޯޓުދޭ މީހަކާމެދު އެ ޖަލްސާގައި ނޫނީ އިޢުތިރާޟެއް ނުކުރެވޭނެއެވެ. މިފަދަ ޖަލްސާއެއްގައި އެއްވެސް ފަރާތަކުން އިޢުތިރާޟް ކުރުމެއްނެތި ދީފައިވާ ވޯޓަކީ ހުރިހާ މަޤާމެއްގައިވެސް ޞައްޙަ ވޯޓެއްކަމަށް ބެލޭނެއެވެ. ވޯޓު ދޭމީހަކާމެދު އިޢުތިރާޟެއް ކުރާނަމަ އިޢުތިރާޟްކުރާ ފަރާތުން ޖަލްސާގެ ރިޔާސަތަށް އެކަން އެންގުމުން ރިޔާސަތުން އެކަމާމެދު ނިންމާ ނިންމުމަކީ އެކަމެއްގެ އެންމެފަހުގެ ނިންމުމެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވޯޓުގެ ނަތީޖާގައި މެންބަރެއްގެ މަޞްލަޙަތެއް ހިމެނިފައިވުމަކުން އެ މެންބަރަކު އެ ވޯޓުގައި ބައިވެރިވުމުން މަޙްރޫމެއް ނުކުރެވޭނެއެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނީގެ މެންބަރުންގެ ޢާންމު ޖަލްސާގައި ބައިވެރިވެ، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މެންބަރަކަށްވެސް އޭނާގެ ބަދަލުގައި ޖަލްސާގައި ބައިވެރިވުމަށް ޕްރޮކްސީއަކު ޢައްޔަނުކުރެވިދާނެއެވެ. އެފަދައިން ޢައްޔަނުކުރާ ޕްރޮކްސީއަށް ޖަލްސާގައި ބައިވެރިވެ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވެއެވެ. ޕްރޮކްސީ ޢައްޔަނުކުރުމާއި ޤަބޫލުކުރުމުގެ އުޞޫލުތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 55 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގައި ދެވޭ ވޯޓެއްގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ހަމައެކަނި ފަރާތަކީ އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 56.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނީގެ ޤާނޫނުގެ ދަށުން މެންބަރުންގެ ޚާއްޞަ ޤަރާރަކުން ފާސްކުރަންޖެހޭ ކަންކަން ފިޔަވައި އެހެން ކަންކަން ފާސް ކުރާނީ މެންބަރުންގެ ޢާންމު ޤަރާރަކުންނެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 56.2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މެންބަރުންގެ ޢާންމު ނުވަތަ ޚާއްޞަ ޤަރާރު އިއްތިފާޤުން ނުވަތަ ވަކި އަޣުލަބިއްޔަތަކުން ފާސްވެއްޖެކަމަށް ނުވަތަ އެ ޤަރާރު އަޣުލަބިއްޔަތު ނުވަތަ ވަކި އަޣުލަބިއްޔަތެއް ނުލިބިގެން ފާސްނުވާކަމަށް ބަޔާންކޮށް ވޯޓުގެ ނަތީޖާ ރިޔާސަތުން އިޢުލާނުކޮށް، އެކަން ޔައުމިއްޔާގައި ލިޔުމުން، އެ ޤަރާރަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ދިން ވޯޓުގެ ޢަދަދު ޔައުމިއްޔާގައި ލިޔެފައި ނެތްކަމުގައިވީ ނަމަވެސް އެ ޤަރާރަކާ ބެހޭގޮތުން ނިންމި ނިންމުމުގެ ފުރިހަމަ ދަލީލަކަށް ފުދޭނެއެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 1.26 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "ޢާންމު ޤަރާރު" ކަމަށް ބުނެފައިވަނީ، މި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ބޭއްވޭ ކުންފުނީގެ މެންބަރުންގެ ޢާންމު ޖަލްސާއެއްގައި ބައިވެރިވެ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެވޭ ކޮންމެ ޤަރާރަކަށެވެ.   

ކުންފުނީގެ ހިންގާ ގަވާއިދުގެ 1.28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "ޚާއްޞަ ޤަރާރު" ކަމަށް ބުނެފައިވަނީ، ކުންފުނީގެ މެންބަރުންގެ ޢާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ޙިއްޞާގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ޙިއްޞާއަށްވުރެ މަދުނޫން ޢަދަދެއްގެ ޙިއްޞާ ނިސްބަތްވާ މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ. 

 

ކުންފުނީގެ ހިންގާ ގަވާއިދުގެ 1.29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "އަޣުލަބިއްޔަތުން ފާސްކުރުން" ކަމުގައި ބުނެފައިވަނީ:

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ ކުންފުނީގެ މެންބަރުންގެ ޢާންމު ޖަލްސާއެއްގައި ނަމަ، އެފަދަ ޖަލްސާއެއްގައި ބައިވެރިވެ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މެންބަރުންގެ 50% (ފަންސާސް އިންސައްތަ) ޙިއްޞާއަށްވުރެ އިތުރު ޢަދަދެއްގެ ޙިއްޞާ ނިސްބަތްވާ މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށް؛ އަދި

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއްގައިނަމަ، އެފަދަ ބައްދަލުވުމުގައި ބައިވެރިވާ ޑިރެކްޓަރުންގެ %50 (ފަންސާސް އިންސައްތަ)  އަށްވުރެ އިތުރު ޑިރެކްޓަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ.

 

ޖަލްސާގައި ވޯޓުލުމަށް ބޭނުންކުރާ ފަހިވޯޓު ސިސްޓަމްގައި ވޯޓުގެ ނަތީޖާ ގުނޭނީ ޖަލްސާއަށް ލޮގިންކޮށް ވޯޓު ދީފައިވާ ފަރާތްތަކުގެ އަޣްލަބިއްޔަތުންނެވެ. ޖަލްސާއަށް ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓު ނުދެއްވާ ފަރާތްތައް ވޯޓުގައި ބައިވެރި ނުވާ ކަމުގައި ނުވަތަ "އެބްސްޓެއިންޑް" ކަމުގައި ވޯޓުގެ ނަތީޖާގައި ރިކޯޑު ކުރެވޭނެއެވެ.

            

02 ޖޫން 2025
ހޯދާ