މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އިންޓަނޭޝަނަލް ކޯޗިންގް އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް - 16 ވަނަ އެޑިޝަން

އޮލިމްޕިކް ސޮލިޑަރިޓީ އާއި ޔުނައިޓެޑް ސްޓޭޓްސް އޮލިމްޕިކް ޕެރަލިމްޕިކް ކޮމިޓީ އަދި ޔުނވަރސިޓީ އޮފް ޑެލެވެއާ ގުޅިގެން ކުރިއަށްގެންދާ އިންޓަނޭޝަނަލް ކޯޗިންގް އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް (އައި.ސީ.އީ.ސީ.ޕީ) ގެ 16 ވަނަ އެޑިޝަން ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކޯޗުންނަށްވެސް ވަނީ ލިބިފައެވެ. މިގޮތުން 2025 ވަނަ އަހަރުގެ ޖުލައި 15 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯޗިންގް ކޯހުގައި ބާސްކެޓްބޯލް ވަނީ ހިމެނިފައެވެ.

މިކޯހަށް ފޮނުވާނެ ފަރާތެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ކަނޑައަޅުއްވާނީ މިކަމަށް އެދި މިއެސޯސިއޭޝަންގެ ފަރާތުން ހުށަހަޅާ ކޯޗުންގެ ތިރީގައިވާ ލިޔުންތަކަށް ބެލުމަށް ފަހުއެވެ. އަދި، މިކޯހަށް ބައިވެރިން ހޮވުމުގައި މަދުވެގެން 02 އަހަރާއި 05 އަހަރާއި ދެމެދުގެ ކޯޗިންގެ ދާއިރާގައި ތަޖުރިބާ ހުރި ކޯޗުންނަށް އިސްކަން ދެވޭނެއެވެ.

 

-          ކަރިކިއުލަމް ވިޓޭ (ބަޔޯ ޑޭޓާ އިނގޭނެ ގޮތަށް)

-          ޕާސްޕޯޓް ކޮޕީ

-          ޕާސްޕޯޓް ސައިޒް ފޮޓޯ (ޑިޖިޓަލް ސޮފްޓް ކޮޕީ)

 

މިކޯހަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓް ޕްރޮޖެކްޓް ޕްރޮޕޯސަލް އެއް ހުށަހަޅަން ޖެހެއެވެ. އަދި މިކަމާއި ބެހޭ އިތުރު މައުލޫމާތު ޝޯޓްލިސްޓްވާ ކެންޑިޑޭޓަކަށް މިއެސޯސިއޭޝަންގެ ފަރާތުން ފޮނުވާދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިޕްރޮގްރާމުގައި ބައިވެރިވެލައްވަން ނަން ހުށަހަޅުމަށް ބޭނުންފުޅުވާ ކޯޗުން މަތީގައި ދެންނެވިފައިވާ ލިޔުންތައް 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.

02 ޖޫން 2025
ހޯދާ