ދިވެހިރާއްޖެ
ITEC Master’s Degree Program 2025 / India |
||
ޤައުމު: އިންޑިއާ |
މާސްޓަރސް ޑިގްރީ – ކޮންމެ ޕްރޮގްރާމަކަށް 2 ފުރުޞަތު |
ކޯހުގެ ލެވެލް އަދި ޢަދަދު: |
M Tech. in Irrigation Water Management – ITEC M Tech. in Drinking Water and Sanitation – ITEC M Tech. in Water Resources Development – ITEC M Tech. in Renewable and Hydro Energy – ITEC M Tech. in Environmental Management of Rivers and Lakes – ITEC Fifty-Four International Course of M Tech. Hydrography |
ޕްރޮގްރާމް |
|
މާސްޓަރސް ޑިގްރީ 1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން (ބެޗެލަރ އޮފް ޓެކްނޮލޮޖީ/ ބެޗެލަރ އޮފް އިންޖިނިއަރިންގ ނުވަތަ ބެޗެލަރ އޮފް ސިވިލް އިންޖިނިއަރިންގ) 2. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް އެއް ހާސިލް ކޮށްފައިވުން. 3. ޢުމުރު 25 އަހަރާއި 45 އަހަރާއި ދެމެދު (12 ޖޫން 2025 ގެ ނިޔަލަށް) 4. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން |
ކޯހުގެ ޝަރުތު: |
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި). 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. 4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީ 5. ތިންމަސް ހަމަނުވާ މެޑިކަލް ރިޕޯޓް 6. ފުރިހަމަކޮށްފައިވާ އައިޓެކް ޕްރޮގްރާމް ގެ އެޕްލިކޭޝަން ފޯމު 7. ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ވަޒީފާގައި ހުރިކަން އަންގައިދޭ ލިޔުން (އިޢުލާނުކުރި ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ) 8. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓް ނުވަތަ ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 10. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް. 11. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި: |
|
- މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު https://itecgoi.in/upcoming_courses ވެބްސައިޓުން ލިބެން ހުންނާނެއެވެ. - މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ 02 ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި ރިޒަރވް ކެންޑިޑޭޓެއްގެ ގޮތުގައި 1 ކެންޑިޑޭޓް ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސެލެކްޝަން ހަދާނީ އިންޑިއާގެ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް) ގެ ފަރާތުންނެވެ. - މި ސްކޮލަރޝިޕަށް އެޕްލައިކުރާ ފަރާތްތައް 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އިންޑިއާގެ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް) ވެބްސައިޓް ގައިވާ ލިންކްhttps://itecgoi.in/upcoming_courses މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. - މި ސްކީމްގެ ދަށުން ފުރިހަމަކުރެވޭނެ ކޯސް ތަކުގެ މަޢުލޫމާތު (އައިޓެކް)ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. - މި ސްކޮލަރޝިޕްގެ ދަށުން ހިނގާނޭ ޚަރަދުތަކުގެ ތަފްޞީލް (އައިޓެކް)ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ދިނުމަށް ކަނޑައެޅިފައިވާ ޚަރަދުތަކުގެ އިތުރުން ހިނގާ ޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓުން އަމިއްލައަށެވެ. - މި އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު އެނެކްސް 1 އިން ލިބެން ހުންނާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ހޮވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
ސުންގަޑި: 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް އަދި https://itecgoi.in/upcoming_courses ލިންކް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |