މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
COMSATS University Islamabad Admission 2025

COMSATS University Islamabad Admission 2025

 

ޕާކިސްތާނުގެ ކޮމްސެޓްސް ޔުނިވަރސިޓީ އިސްލާމްއާބާދްގެ 2025 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ 100 އަށްވުރެ ގިނަ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މި ފުރުޞަތު ތަކުގެ ތެރޭގައި  މާސްޓަރސް ނުވަތަ ޕީ.އެޗް.ޑީ ދަރިވަރުންނަށް ސްކޮލަރޝިޕް އަށް އެޕްލައި ކުރުމުގެ ފުރުޞަތު ހިމަނާފައި ވެއެވެ. 

ވީމާ،  ކޮމްސެޓްސް ޔުނިވަރސިޓީ އިސްލާމްއާބާދް އިން ފުރުޞަތު ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކް އިން ސާފުކުރުމަށްފަހު 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް  އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. 

ޕްރޮގްރާމްތަކުގެ މައުލޫމާތު: http://ww2.comsats.edu.pk/internationalstudents/allprograms.aspx
އެޑްމިޝަން ގައިޑްލައިން، އެލިޖިބިލިޓީ ކްރައިޓީރިއާ، ޝެޑިއުލް އަދި އިތުރު މައުލޫމާތު: https://ww2.comsats.edu.pk/internationalstudents//

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

02 ޖޫން 2025
ހޯދާ