ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އޮފިސަރ (އެމް.އެސް 1)

ކަސްޓަމަރ ސަރވިސް އޮފިސަރ (އެމް.އެސް1)

 

            މި ޑިޕާރޓްމަންޓްގެ ނަންބަރ (IUL)133-AS/133/2025/10 (20 ފެބްރުއަރީ 2025) އިޢުލާނާއި ގުޅިގެން ކަސްޓަމަރ ސަރވިސް އޮފިސަރ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށްވުމާއެކު އެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީމެވެ.

 

މަޤާމު:

ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-380106

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެ ސަރަހައްދުގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އޮފީސްތަކުގައި ދައުރުވާގޮތަށް ( ޑިޕާޓްމަންޓް އޮފް ނެޝަނަލް އިން އެވަގުތެއްގައި ކަނޑައަޅާ އޮފީހެއްގައި)

މުސާރަ:

5610.00 ރުފިޔާ  

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް2 : -/700 ރުފިޔާ  (ހަތް ސަތޭކަ ރުފިޔާ)
  2. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އެލަވަންސް (އަސާސީ މުސާރައިގެ %35)
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  5. ސިވިލް ސަރވިސްގެ  ރޭންކަށް މިނިމަމް ވޭޖުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ ދުވަހަކުވެސް އެދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން، ސާރވިސް ކައުންޓަރުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ހަމަޖެއްސުމަށްފަހު މަސައްކަތްފެށުން. މަސައްކަތް އަވަސްކޮށް  ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، ސްޕަރވައިޒަރުގެ ލަފާގެމަތީން، ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޚިދުމަތް ރަނގަޅު ކުރުން.
  2.  އޮންލައިން ޕޯޓަލް މެދުވެރިކޮށް ކާޑު ހައްދަން ހުށަހަޅާ މަޢުލޫމާތާއި، ފޮޓޯ ހުށަހަޅާފައިވަނީ ރަނގަޅަށްތޯ ބެލުމާ، މަޢުލޫމާތާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުންނަންޖެހޭ މިންގަނޑަށް، ހަމައަށް ހުރިތޯ ބެލުމާ، އެޕްލިކޭޝަން ޓައިޕް ދިމާވޭތޯ ބެލުމަށްފަހު، ހުށަހަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް އެޕްލިކޭޝަން ހެދުން. ކަނޑައަޅާފައިވާ މިންގަނޑަށް ނުހުންނަ މަޢުލޫމާތުތައް، (ރަނގަޅު ކުރަންޖެހޭ ކަންކަން އެނގޭގޮތަށް) ރަނގަޅުކޮށް އަލުން ހުށަހަޅަން،  ޕޯޓަލް ތެރެއިން އަނބުރާ ފޮނުވުން.  10 އަހަރު ފުރިގެން ކާޑު ހައްދަން ހުށަހަޅާ ކުދީންގެ އިނގިލީގެ ނިޝާނާއި ސޮއި ސިސްޓަމްއަށް ނެގުން.
  3.  އޮންލައިން ޕޯރޓަލް މެދުވެރިކޮށް ކާޑު ހައްދަން ހުށަނޭޅޭ ފަރާތްތަކުގެ މަޢުލޫމާތު ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބަލައިގަތުމާ،  ހުށަހަޅާ ލިޔުންތައް ހަމައަށް ހުރިތޯ ބެލުމާ، ފޯމާއި ލިޔުންތަކުގައި ހުރި މަޢުލޫމާތު ދިމާވޭތޯ ރަނގަޅަށް ބަލާ ޗެކުކޮށް، ހުށަހަޅާފައި ވަނީ އެފަރާތުގެ  ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ކުރުމަށްފަހު އެޕްލިކޭޝަން ހެދުން. އިނގިލީގެ ނިޝާނާއި ސޮއި ސިސްޓަމްއަށް ނެގުން.
  4.  އޮންލައިން ޕޯރޓަލް އަދި ނާރެސް ޕޯރޓަލް މެދުވެރިކޮށް ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން، މިންގަނޑަށް ނުހުންނަ ފޮޓޯތައް، އެޕްލިކޭޝަން ހެދުމުގެ ކުރިން، ކަމާގުޅޭ ސޮފްޓްވެއަރ ބޭނުންކޮށްގެން، އެޑިޓްކޮށް  ބެކްގްރައުންޑް ރިމޫވްކޮށް، ފޮޓޯގެ މިންގަނޑާއި އެއްގޮތަށް ބަދަލުކުރުން.
  5.  ޕޭމަންޓް ލިންކް ފޮނުވަންޖެހޭ ޙާލަތްތަކުގައި، ފޮނުވަންޖެހޭ ފަރާތްތަކަށް އެ ލިންކް ފޮނުވުން. ސަޕޯރޓިންގ ޑޮކިޔުމެންޓް ލިންކް ފޮނުވައިގެންނާއި، އީމެއިލް މެދުވެރިކޮށް ގެންނަންޖެހޭ މަޢުލޫމާތުތައް މެއިލް މެދުވެރިކޮށް ގެނައުން.
  6.  ކާޑުތައް ނިމުމުން ކާޑާއި ޙަވާލުވާން އަންނަ ފަރާތްތަކާއި ކާޑު ޙަވާލުކުރުން.   ޙަވާލުކުރުމުގެ ކުރިން އެފަރާތަކުން ޙަވާލުވާންއައީ  ކޮން ކާޑެއްކަން ދެނެގަނެ، ރަނގަޅު ކާޑު ޙަވާލުކުރުން. ޙަވާލުކުރުމަށް ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް  ޢަމަލުކުރުން.
  7.  ކާޑު ހަދާދިނުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މައްސަލަތައް ޙައްލު ކުރުމަށް އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުމާއި، ގުޅަންޖެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކޮށް ދިނުން. އަމިއްލައަށް ޙައްލު ނުކުރެވޭ މައްސަލަތައް ސެކްޝަންގެ ވެރިޔާއާ ނުވަތަ ޑިޕާރޓްމަންޓްގެ ވެރިންނާ މަޝްވަރާކޮށްގެން ޙައްލުކޮށް ދިނުން.
  8. ކާޑު ހެއްދުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މިޑިޕާޓްމެންޓަށް އަންނަ ފަރާތްތަކަށާއި، ފޯނުންގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުމާއި، މެސެޖް ނުވަތަ އީމެއިލް ކުރާ ފަރާތްތަކަށް ޖަވާބުދިނުން.
  9.  ކާޑު ހަދާދިނުމާއި ބެހޭ އެންމެހާ މަސައްކަތްތައް ޢަމަލީގޮތުން ކުރުން. ކާޑު ހަދާދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، ހުޅުމާލެ އަދި ވިލިމާލޭގައި މިޑިޕާޓްމެންޓުން ޤާއިމްކޮށްފައިވާ ސެންޓަރުތަކުގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި، އެތަންތަނުގައި މަސައްކަތްކުރުން.
  10. އިމަރޖެންސީކޮށް ހަދާދޭންޖެހޭ ކާޑުތައް ހަދާދިނުމާއި، ބަލިޙާލު ހުރިގޮތުން މި ޑިޕާރޓްމަންޓަށް ޙާޟިރުނުވެވޭ ޙާލަތުގައި ތިބޭ ފަރާތްތަކުގެ ކައިރިއަށް ގޮސް ނަގަންޖެހޭ މަޢުލޫމާތުތައް ނަގައިގެން ކާޑު ހަދާ ދިނުން. މިފަދަ ފަރާތްތަކަށް ކާޑު ހަދާދިނުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން.
  11. މިޑިޕާރޓްމަންޓްގެ އަދި ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. ސެކްޝަންގެ ޔައުމިއްޔާ ލިޔުން. ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާސިލްކޮށްފައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ކަސްޓަމަރ ކެއަރ
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ކަސްޓަމަރ ކެއަރ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަފްޞީލް

ކެޓެގަރީގެ ޖުމުލަ އިންސައްތަ (%)

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ސިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކއޓިކަލް)

20

އިންޓަރވިއު

35

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60  (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް އެސެސްމަންޓް ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 12:00  ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ،  އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ 15 ޖޫން - 10 ޖުލައި 2025 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3033268 / 7260072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

02 ޖޫން 2025
ހޯދާ