މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުސޫލު ނަންބަރު 2022/G-19 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތިތަކާއި ގުޅޭ
މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/47 (30 މޭ 2025) އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައެވެ. މި ބަދަލާއި ގުޅިގެން މިނިސްޓްރީ ގެ ނަންބަރު (IUL)491/491/2025/46 (29 މޭ 2025) އިޢުލާނުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މޭ 2025 ވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ވަނީ ގުރުނެގުން ބާއްވާފައެވެ. މިގޮތުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކުގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި އެގޯތިތަކުގެ ބޮޑުމިނުގެ ތަފްޞީލް ހިމެނޭ ލިސްޓެއް މި އިއުލާނާއެކު އާންމުކުރީމެވެ.
02 ޖޫން 2025
ހޯދާ