މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
މިނިވަން 60 ގެ ލޯގޯ ފަރުމާ ކުރުމާ ގުޅޭ

މިނިވަން 60 ގެ ލޯގޯ ފަރުމާ ކުރުމާ ގުޅޭ

މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި އަހަރު ޢާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވެއެވެ.

ވީމާ، މި ލޯގޯ ފަރުމާކުރުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ "މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެމަތިން ލޯގޯ ފަރުމާ ކުރެއްވުމަށްފަހު 15 ޖޫން 2025 ވާ އާދިއްތަ ދުވަހު 00:14 ގެ ކުރިން މި ވުޒާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ވުޒާރާއަށް ހުށަހަޅާ ލޯގޯތަކުން އެންމެ ރަނގަޅު ލޯގޯއެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި 1 ވަނަ އަށް ހޮވޭ ލޯގޯއަކަށް 30,000/- (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އިޢުލާނާއެކު "މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ވުޒާރާގެ ފަރާތުން މިކަން ވިލަރެސްކުރައްވާނީ މި ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޢައްބާސް މުޙައްމަދު، ފޯނު ނަންބަރު 7930101 ކަމުގައި ދެންނެވީމެވެ.

02 ޖޫން 2025
ހޯދާ