ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސާވަރ އެއް ގަތުމާގުޅޭ

ބީލަން ހުށައެޅުމުގެ ދަޢުވަތު 

 

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސާވަރ އެއް ގަތުމާގުޅޭ

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސާވަރ އެއް ގަތުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 10 ވާ އަންގާރަ ދުވަހުގެ 11:30 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 ޖޫން 18 ވާ ބުދަ ދުވަހުގެ 11:30 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި "ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސާވަރ އެއް ގަތުމަށް" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

 

02 ޖޫން 2025
ހޯދާ