ދިވެހިރާއްޖެ
ކެނދިކުޅުދޫ ހުޅަނގުފަރާތު އަތިރިމައްޗަށް އޮޑިދޯނި އަދި ޑިންގީ ފަދަ ކަނޑު އުޅަނދު ފަހަރު އެހެލުމާއި ހަރުގެ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ.
ކެނދިކުޅުދޫ ގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް އަދި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފެށުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެގޮތުން އަތިރި ހޭޅިފަށް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ އިރު، ކެނދިކުޅުދޫގެ އަތިރިމަތީގައި ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރާ ޑިންގީ އެހެލާ މަރާމާތު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އެހެލާ އެއްވެސް ބޭނުމެއް ނުކޮށް އަދި މަރާމާތުގެ މަސައްކަތެއްވެސް ކުރިޔަށްނުދާ އުޅަނދު ހުރިކަންވެސް ވަނީ ފާހަގަވެފައެވެ.
އަތިރިމަތި ސާފުކޮށް ބޭއްވުމަށް، އަމިއްލަ ފަރާތްތަކުން އެހެލާފައިވާ އޮޑި ދޯނި އަދި ޑިންގީ ފަދަ ކަނޑު އުޅަނދުތައް ރަށުގެ އަތިރިމަތީގައިވާނަމަ، އަދި އެއުޅަނދުތައް ހިޔާކުރުމަށް ހަރުގެ ހަދަން ބޭނުންވާނަމަ، ތިރިގައިވާ ފޯމް މެދުވެރިކޮށް 21 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ރަޖިސްޓަރ ވެލެއްވުން އެދެމެވެ. އަދި މިއިޢުލާނާއެކު، އޮޑި ދޯނި އަދި ޑިންގީ ފަދަ ކަނޑު ދަތުރުކުރާ އުޅަނދުތައް ރަށުގެ ހުޅަނގު ފަރާތު އަތިރިމައްޗަށް އެހެލުމަށްޓަކައި މީގެ ފަހުން ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެކަމުގައި ދަންނަވަމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/PEmbt550AX
އެހެންކަމުން، މިކަމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެނދުރު 14:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގެން ނުވަތަ 6560013 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
4 ޛުލްޙިއްޖާ 1446
1 ޖޫން 2025