ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަސް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މިހިނގާ 2025 ވަނަ އަހަރު މިރަށުން ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާ 107 ގޯތީގެ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަހާއި 2012 ވަނަ އަހަރު ދޫކޮށްފައިވާ ގޯތިތަކުގެ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްތަކާއި ގޯތި ދޫކުރި ސަރަހައްދުގައި ހިމެނޭ ގުރީން ޒޯނާއި ގުޅިފައިވާ މަގުތަކަށް އަރާ ރުއްގަސް ނަގާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 11 ޖޫން 2025 ގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ، މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބިޑް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންވެލައްވާނަމަ ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުމަށް ނުވަތަ ތިރީގައިވާ މެއިލް އެޑްރެހަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 17 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލްގެ އިދާރާގައެވެ.

މި މަސައްކަތާގުޅިގެން ފޯރުކޮށްދެވޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.office.com/r/jLfpMRKgwE

  • ·      ފޯމް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.

ފޯން: 6520046

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2025
ހޯދާ