ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން 

        އެސްޓީއޯ ތ.އަތޮޅު ފާމަސީ ތަކުގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލަން ކޮށްފައިވާ އިއުލާން ނަންބަރ: ADM/CP/2025/218 އަށް އެކަށީގެވާ ތަރުހީބެއް ލިބިފައި ނުވާތީވެ އަލުން، ނީލަމުގައި މިތަކެތި ވިއްކާލުމަށް އިއުލާން ކުރަމެވެ.

   ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާ ދުވަހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.

ހާޒިރުވާންވީ ތަން

ގަޑި

މަޢުލޫމާތު ސާފުކުރުން

އަގުހުށަހެޅުން

އެސްޓީއޯ ތ. ވޭމަންޑޫ ފާމަސީ

10:00

11/06/2025

12/06/2025

އެސްޓީއޯ ތ. ގާދިއްފުށި ފާމަސީ

10:00

11/06/2025

12/06/2025

 ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. 

01 ޖޫން 2025
ހޯދާ