ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވުން

އިޢުލާން

ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވުން

          މި ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ކޮއްކޮ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީއަށް  ކުދިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ޕްރީސްކޫލަށް ވެއްދޭ އުމުރުފުރާ ކަނޑައެޅިފައިވަނީ މިނިސްޓްރީ އޮފް އެޑިއެކޭޝަންގެ ސަރކިއުލަރ އާއި އެއްގޮތަށެވެ.

ގްރޭޑް

2025 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރުފުރާ

ބޭބީ ނާސަރީ

2024 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު މުފުރުން

ނާސަރީ

2024 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

ހިނގާ އަހަރު 31 ޖުލައިގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.

އަދި ހިނގާ އަހަރު 31 ޖުލައިގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.

 

          ޕްރީސްކޫލްގެ ކިޔެވުން ފެށޭނީ 10 އޮގަސްޓް 2025 ވަނަ ދުވަހުގައެވެ. ޕްރީސްކޫލްގެ ދަރިވަރުންގެ މަހުފީގެ ގޮތުގައި ކައުންސިލުން ނިންމާފައިވަނީ މަހަކު 350/- (ތިން ސަތޭކަ ފަންސާސް) ރުފިޔާއެވެ. ފީ ނެގުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 2025 އިން ފެށިގެންނެވެ.

     މި އުމުރުގެ ކުދިން ސްކޫލަށް ވައްދަން ބޭނުންވާ ފަރާތްތަކުން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން "ޕްރީސްކޫލުގައި ދަރިވަރު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

31 މެއި 2025

31 މޭ 2025
ހޯދާ