މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Al-Azhar Scholarship 2025/2026

Al-Azhar Scholarship 2025/2026

ޤައުމު: މިޞްރު

ބެޗްލަރސް  

5 ޝަރީޢާ ދާއިރާ

17 ސައިންޓިފިކް/ތިއަރެޓިކަލް

ކޯހުގެ ލެވެލް އަދި ޢަދަދު:

ބެޗްލަރސް ޑިގްރީ

  1. ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުން.
  2. އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
  3. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ސާފު ސްކޭން ކޮޕީ.
  4. 6 މަސް ނުވާ ޕާސްޕޯޓް ސައިޒްގެ 6 ފޮޓޯ (ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ނަމާއި، ޤައުމުގެ ނަން ލިޔެފައި)
  5. ގުޑް ކޮންޑަކްޓް ސެޓްފިކެޓް (އެންމެފަހުން ކިޔެވި ސްކޫލަކުން).
  6.  އެޗް.އައި.ވީ/އެއިޑްސް އާއި ހެޕަޓައިޓްސްއާއި ޓީ.ބީ ޓެސްޓް ހިމެނޭ ގޮތަށް ހަދާ ފައިވާ މެޑިކަލް ރިޕޯޓް ކޮޕީ.
  7. އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ
  8. 8.   ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  9. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް.
  10. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން

އެޕްލިކޭޝަންގެ ހާރޑް ކޮޕީ ހުށަހެޅުން: 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް.

ސުންގަޑި:  

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

28 މޭ 2025
ހޯދާ