މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ތ. ކިނބިދޫ ވޭމަންޑޫ ލިންކް ތަރައްޤީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒްމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

1. އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ތ. ކިނބިދޫ ވޭމަންޑޫ ލިންކް ތަރައްޤީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒްމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް، މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދެވޭ ޝަރުތުހަމަވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި.) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

2. މި މަސައްކަތަކީ 1 އޭޕްރިލް 2025 ގައި ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 9/2025 ގެ ދަށުން ފާސްކޮށްފައިވާ، ތ. ކިނބިދޫ ވޭމަންޑޫ ލިންކް ތަރައްޤީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒްމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ޤައުމީ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެއެވެ. ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެއެވެ.

3. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.infrastructure.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. މިމަސައްކަތާއިބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

4. ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އަލްފާޟިލާ އަސްރާރު

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ދަރުބާރުގެ، އަމީނީމަގު، މާލެ، 20344، ދިވެހިރާއްޖެ،

ފޯން: +960 4004900

އީމެއިލް: [email protected]

29 މޭ 2025
ހޯދާ