މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މާލީ ހިސާބާއި އަހަރީ ރިޕޯޓު ޢާންމު ކުރުމާގުޅޭ:
މި ކުންފުނީގެ ނަންބަރު MTCC-CSD/IU/2025/0177 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. މި ކުންފުނީގެ މާލީ ހިސާބާއި އަހަރީ ރިޕޯޓު ޢާންމުކުރާ މުއްދަތު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާއެކު، 2025 ޖޫން 17 ގެ ނިޔަލަށް އިތުުރުކުރަން ފުރުސަތު ލިބިފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މި މުއްދަތުގައި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބާއި އަހަރީ ރިޕޯޓު ވީއެންމެއަވަސް ފުރުޞަތެއްގައި ޢާންމު ކުރުމުގެ މަސައްކަތް މި ކުންފުނިން ކުރަމުންދާ ވާހަކަ ދަންނަވަމެވެ. އަދި މިއާއެކު، މި ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމު ކުރާނެވާހަކަ ދަންނަވަމެވެ.
29 މޭ 2025
ހޯދާ