މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޝްތިހާރު ބޯޑު ބެހެއްޓުމުގެ ފުރުޞަތު

2025 ޖޫން 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އަރުތަ ހޭންޑްބޯލް މުބާރާތް މިއަހަރު ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ ހުޅުދުއްފާރުގައެވެ. މިމުބާރާތުގެ ތެރެއިން ވިޔަފާރިތައް އިޝްތިހާރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހޭންޑްބޯލް މުބާރާތް ކުރިއަށްގެންދާ ދަނޑުގައި އިޝްތިހާރު ބޯޑު ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ބޯޑު ހެދުމާއި ބޯޑު ހަރުކުރުމުގެ ހުރިހާ ޚަރަދަކާއި މަސައްކަތެއް ކުރާ ގޮތަށް ހަމަޖެހިފައިވަނީ ހުޅުދުއްފާރު ކައުންސިލުންނެވެ. ބޯޑު ބެހެއްޓުމުގެ އަގުތައް ތިރީގައި އެވަނީއެވެ.

  1. 8 ފޫޓް 2 ފޫޓް ގެ ބޯޑެއް 4000.00 (ހަތަރު ހާސް ރުފިޔާ)
  2. 4 ފޫޓް 2 ފޫޓް ގެ ބޯޑެއް 2000.00 (ދެ ހާސް ރުފިޔާ)

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 04 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އިޝްތިހާރު ޑިޒައިން ހުށައެޅުއްވުން އެދެމެވެ.

29 މޭ 2025
ހޯދާ