އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބޭނުންވާ ސެންޓްރަލައިޒްޑް އެކްސެސް ކޮންޓްރޯލް ސިސްޓަމް، ސެންޓްރަލައިޒްޑް އެލާމް ސިސްޓަމް އަދި ސާވަރ ރޫމް މޮނިޓަރިންގ ސިސްޓަމް ކޮމިޝަނުގެ ސްޕެސިފިކޭޝަނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކޮމިޝަނަށް ބޭނުންވާ ސެންޓްރަލައިޒްޑް އެކްސެސް ކޮންޓްރޯލް ސިސްޓަމް، ސެންޓްރަލައިޒްޑް އެލާމް ސިސްޓަމް އަދި ސާވަރ ރޫމް މޮނިޓަރިންގ ސިސްޓަމް ކޮމިޝަނުގެ ސްޕެސިފިކޭޝަނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އާއި ސައިޓް ވިޒިޓް އޮންނާނީ 2025 ޖޫން 4 ވާ ބުދަ ދުވަހުގެ ހެނދުނުގެ 10:00 ގައި މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރު، 7 ވަނަ ފަންގިފިލާގައެވެ.

ވީމާ، ދެންނެވިފައިވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 18 ވާ ބުދަ ދުވަހުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި، ސްޕެސިފިކޭޝަން މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައި ވާ ގޮތަށެވެ.

 

02 ޛުލްޙިއްޖާ 1446

29 މޭ 2025

29 މޭ 2025
ހޯދާ