މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓުގައި ހަރުކޮށްފައި ހުރި 3 އޭސީ ސާރވިސް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ނުވަތަ މިކޯޓަށް ޙާޟިރުވެ މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކޮށް، 4 ޖޫން 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅާނީ މަސައްކަތުގެ އަގުގެ އިތުރުން މަސައްކަތްކޮށް ނިންމޭނެ މުއްދަތު ހިމަނައި، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ ހުޅުވާނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއްޙާޟިރެއްގައެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކޯޓުގެ ނަންބަރ 6600355 އަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. މި މަސައްކަތައް އަގު ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.         

29 މޭ 2025
ހޯދާ