ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.ފީއަލީ މަގުތަކުގައި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ސޯލާރ ބައްތިއާއި އަދި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ހޮޅިދަނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ނަންބަރު : (IUL)370-ESMS SC/370/2025/14 |
އިޢުލާން
ފ.ފީއަލީ މަގުތަކުގައި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ސޯލާރ ބައްތިއާއި އަދި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ހޮޅިދަނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ފ.ފީއަލީ ކައުންސިލުގެ ފަރާތުން ފ.ފީއަލީގެ މަގުތަކުގައި ސޯލާރ މަގު ބައްތި ހަރުކުރުމަށްޓަކައި ބޭނުންވާ ސޯލާރ ބައްތިއާއި އަދި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ހޮޅިދަނޑި ފ.ފީއަލީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި، މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއާއި އަދި ކުރެހުންތަކާއި އެއްގޮތަށް މިތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 11 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ނިޔަލަށެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ފަހު ސްލިޕް/ރަޝީދާއެކު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހަވާލްކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީ އާއި ގުޅޭ މަޢުލޫމާތު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 6740012 / 7666594 / 9992798 އަށެވެ.
- ބިޑް ހުޅުވުން އޮންނާނީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
29 މެއި 2025
02 L 1446
ޚާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް
29 މޭ 2025
ހޯދާ