ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ހދ ނޮޅިވަރަންފަރުގެ ޖަމިއްޔާ، ޖަމާއަތްތަކަށް ހުޅުވާލުން

އިޢުލާން

                                                   ނަމްބަރު: (IUL)262/262/2025/58

 

 

1446 ވަނަ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ހދ ނޮޅިވަރަންފަރުގެ ޖަމިއްޔާ، ޖަމާއަތްތަކަށް ހުޅުވާލުން

        

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި ޢީދުގެ ހަރާކާތްތައް ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް މިއިދާރާއިން  ކޮށްފައިވާ ނަމްބަރ (IUL)262/262/2025/56 (22 މެއި 2025) އިޢުލާންގެ ރަޖިސްޓްރީ ކުރުމުގެ މުއްދަތު ވަނީ 2025 މެއި 30 ވަނަދުވަހުގެ 14:00 އަށް އިތުރު ކުރެވިފައެވެ. އަދި މައުލޫމާތު ޝީޓްގެ އީދުގެ ކުޅިވަރު ތެރޭގައި ހިމަނާފައިވާ މަސްރޭސް މޫސުން ގޯސްވުމުގެ ސަބަބުން ނުހިމަނާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ހދ ނޮޅިވަރަންފަރުގައި ރަޖިސްޓަރީވެފައިވާ ޖަމިއްޔާ ޖަމާއަތް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ޖަމްޢިއްޔާ، ޖަމާއަތްތަކުން މި އިޢުލާނާއިއެކު މިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުން އޮންނާނީ 2025 ޖޫން 01 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. އިޢުލާނާއެކުމިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާ އެއްވެސް ކުލަބު ޖަމިއްޔާއަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ. މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް އަދި، ބީލަން ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ލިންކް: https://forms.office.com/r/16bE3br37u

29 މޭ 2025
ހޯދާ