ދިވެހިރާއްޖެ
ށ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމް، މޯޗަރީ، އަދި ލޯންޑްރީބައިގެ ފުރާޅުގެ ޓިނުތައް ބަދަލުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު މި ހޮސްޕިޓަލުގެ (IUL)SH-FAH-A/SH-FAH/2025/20 (13 އޭޕްރިލް 2025) އިއުލާންގެ މައުލޫމާތު ކަރުދާހުގައި ބައެއް އިދާރީ ކުށް ފާހަގަކުރެވިފައިވާތީ، އެއިޢުލާނު ބާތިލުކޮށް އަލުން އިއުލާންކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މެއި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީ ކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމެންޓް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގައެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.
|