ދިވެހިރާއްޖެ
މި އިޢުލާންވަނީ 29 މޭ 2025 11:03 ގައި ބާތިލް ކުރެވިފައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގައި އައުޓް ޑޯ ޕްލޭ އޭރިއާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ އެ އިޢުލާން (އިޢުލާން ނަންބަރު: (IUL)304-EDS/304/2025/60 ބާޠިލްކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް ޢިއުލާން ކުރީމެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025މެއި 29 ވަނަ ދުވަހުން ފެށިގެން 2025 ޖޫން 04 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީ ބިޑް މީޓިންގ |
04 ޖޫން 2025 |
ބުދަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
12 މެއި 2025 |
ބުރާސްފަތި |
13:00 |
ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.