ދިވެހިރާއްޖެ
އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ނޭކުރެންދޫގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ހުޅުވާލަމަވެ. މި ކޯހުގައި ކުރިއަށްދާނީ ފަހަން ދަސްކޮށްދިނުމުގެ ލެވެލް 1 އަދި އެޑްވާންސްއެވެ. ކޯހުގައި ބައިވެރިވާ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނެގޭނެއެވެ.
ބައިވެރިން ގެންނަން ޖެހޭ ތަކެތި: ފަހާ ފޮށި
ޖުމްލަ ކޯހުގައި ބައިވެރިވެވޭނެ އަދަދު: 20
ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީވާ ބައިވެރިންގެ ތެރެއިން އިސްކަން ދެވޭނީ ފުރަތަމަ ބައިވެރިވުމަށް ރަޖިސްޓްރީކުރާ 20 ބައިވެރިންނަށެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. ކޯހުގައި ބައިވެރިވެވޭނޭ އެންމެފަހު ތާރީހަކީ 04 ޖޫން 2025 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
# - ބައިވެރި ވުމަށް އެދޭ ފޯރމްލިންކް : https://docs.google.com/forms/d/e/1FAIpQLSdqPSTrFO6y9tTPCGvRTyV9YD3KxJuL26RPQK5O3zG4EZh5lA/viewform?usp=dialog