ދިވެހިރާއްޖެ
ހދ. މަކުނުދޫއިން ވިޔަފާރި ބޭނުމަށް ކައުންސިލްގެ ބައެއް އިމާރާތްތައް ކުއްޔަށް ދޫކުރުމަށް ޢާއްމުކޮށް އިޢުލާންކޮށްލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 20 ޖުލައި 2025 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://bit.ly/3St1NgY
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 20 ޖުލައި 2025 ގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮކިއުމަންޓް ޔުނިޓް
- މަކުނުދޫ ކައުންސިލް އިދާރާ
- ހދ. މަކުނުދޫ
- ފޯން: 9797796 / 7789355
- އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.