މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓަންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

މާރކެޓް އެނަލިސިސް ސެކްޝަން / ރިޒަރވް މެނޭޖްމަންޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފައިނޭންސް އެންޑް އިކޮނޮމިކްސް ނުވަތަ ބޭންކިން އެންޑް ފައިނޭންސް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްއާ ގުޅުންހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭންސްގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މާރކެޓް އަދި ކްރެޑިޓް ރިސްކް މޮނިޓަރކުރުމާއި، ފޮރިންގ ރިޒާވް ޕޯޓްފޯލިއޯ ޕަރފޯމަންސް އެނަލައިޒްކުރުމާއި އިންވެސްޓްމަންޓް ޙަރަކާތްތައް، މެންޑޭޓްތަކާއި ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭތޯ ބެލުމާއި ސްޓޭކްހޯލްޑަރުންނަށް ބޭނުންވާ ޕަރފޯމަންސް ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ބިޒްންސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް  ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްޓޮކް އަދި ޑޮކިއުމެންޓް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން.
  • އާކައިވް އަދި ފައިލިން ސިސްޓަމް ބެލެހެއްޓުން.
  • ޑިސްޕެޗް އަދި އޮފީސް ސާފުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
  • ރިސެޕްޝަންގެ  މަސައްކަތްތައް (އޮތޯރިޓީއަށް ސިޓީ ފަދަ ތަކެތި ބަލައިގަތުމާއި އެ ތަކެތި ހަވާލުކުރަންޖެހޭ ފަރާޓްތަކަށް ހަވާލުކުރުމާއި ފައިލްކުރުމާއި، އޮތޯރިޓީގެ ޖެނެރަލް ލައިނަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުން.)

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން.
  • ފައިނޭންޝަލް މަޢުލޫމާތު އެނަލައިޒްކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓުތައް ކަލެކްޓްކޮށް އިވެލުއޭޓްކުރުމާއި އެނަލައިޒްކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

މެއިންޓެނަންސް އެސިސްޓެންޓް

ސެކްޝަން:

ޕްރޮޕަޓީ މެނޭޖްމެންޓް ސެކްޝަން /ފެސިލިޓީ މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • އިލެކްޓްރިކް މަސައްކަތް ނުވަތަ ޕްލަންބިންގ ނުވަތަ ވަޑާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 ގެ ފާހެއް ހާޞިލްކޮށްފައިވުން ނުވަތަ އިލެކްޓްރިކް މަސައްކަތް ނުވަތަ ޕްލަންބިންގ ނުވަތަ ވަޑާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އިމާރާތާއި ފަރނީޗަރ އަދި ފިޓިންސް މަރާމާތު ކުރުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

 

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި (ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު)
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

12 ޖޫން 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

28 މޭ 2025
ހޯދާ