| މަޤާމް : | ސީނިއަރ އެކައުންޓެންޓް | ބޭނުންވާ އަދަދު: | 1 ( އެކެއް ) | 
| މުސާރައާއި އެލަވަންސް: | 
މުސާރަ: މަހަކު -/12000 ރުފިޔާ ( ބާރަ ހާސް ރުފިޔާ)ސަރވިސް އެލަވަންސް: މަހަކު -/4500 ރުފިޔާ (ހަތަރު ހާސް ފައްސަތޭކަ ރުފިޔާ)ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| އޮފީސް : | މޯލްޑިވްސް ޕޯސްޓް ލިމިޓެޑް | ޔުނިޓް : | ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން | 
| ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: | 
ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތައޭސީސީއޭ ސްކިލްސް ލެވެލް  ފުރިހަމަ ކުރުމަށްފަހު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްޢޫލިއްޔަތު | 
އެކައުންޓްސް ރިކޮންސިލިއޭޝަން.އިންޓަރނަލް މެނޭޖްމެންޓް އެކައުންޓްސް ތައްޔާރު ކުރުންއިންޓަރނޭޝަނަލް ޕްރައިވެޓް ޕާޓީ ބިލިންގް އާގުޅޭ މަސައްކަތްތައް ކުރުންކުންފުނީގެ އިންވެސްޓްމެންޓް އެކައުންޓްސް މެނޭޖް ކުރުން،ފައިނޭންޝަލް ރިޕޯރޓިންގ މަސައްކަތުގައި އެހީތެރިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 
ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުންމައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުންޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުންވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުންކުރެވޭ އިންޓަރވިއުއިން ފާސްވުންއެކައުންޓިން ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީންވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުންނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. | 
| ރަސްމީ މަސައްކަތު ގަޑި: | 
ހެނދުނު 08:00 އިން 15:00 އަށް ( އާދީއްތަ ން ބުރާސްފަތި ) | 
| ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް | 
ވަޒީފާއަށްއެދޭ ފޯމްވަނަވަރު (ސީވީ)އައިޑީ ކާޑުގެ ކޮޕީތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)   ** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. 
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. | 
| ސުންގަޑި: | މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 16  ޖޫން 2025 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.  **ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. | 
| އިންޓަވިއު: | އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. | 
| ވަޒީފާއަށް އެދޭނެ ގޮތް: |  | 
| އިތުރު މަޢުލޫމާތު: | 
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |