ދިވެހިރާއްޖެ
އިޢުލާން
ނ. މާޅެންދޫ ސްޓޭޖްގައި ތަޅުން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ނ. މާޅެންދޫ ސްޓޭޖްގައި ތަޅުން އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަސައްކަތް ކުރަންވީގޮތުގެ ތަފްސީލް :
- ތަޅުން ހުންނަންވާނީ 02 އިންޗި ބޯމިނުގައި.
- ބޭނުން ކުރަންވާނީ އާދައިގެ ވެލި 4:1 ރޭޝިއޯގައި.
- ސިޑި މަރާމާތުކުރުން.
މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މިން ބެލުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 މެއި 2025 ވަނަ ދުވަހުގެ 13:00 އަށް މަތީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގު ބަޔާންކުރެވިފައިވާ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ނ މާޅެންދޫ ސްޓޭޖްގައި ތަޅުން އެޅުމުގެ މަސައްކަތް ކުރުން " މިހެން ލިޔެފައި އޮންނަންވަނެއެވެ.
ކޯޓޭޝަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ 29 މެއި 2025 ވަނަ ދުވަހުގެ 13:00 ގައި ކޯޓޭޝަން ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި ނ. މާޅެންދޫ ކައުންސިލުގެ އިދާރާގެ މީޓީންގ ރޫމުގައެވެ.
އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިކައުންސިލުގެ 6560026 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.