މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

     މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް

ހެޑް އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް

ސެކްޝަން/ޑިވިޜަން

މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސެކްޝަން / އެގްޒެކެޓިވް އޮފީސް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޖާނަލިޒަމް ނުވަތަ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ނުވަތަ މާސް ކޮމިއުނިކޭޝަންސް ނުވަތަ ޕަބްލިކް ރިލޭޝަންސްއާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • މީޑިއާގެ ދާއިރާގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.
  • ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް މުއާމަލާތް ކުރުމުގެ ތަޖްރިބާ ލިބިފައިވުން.
  • އިގްތިޞާދީ އަދި މާލީ ޚަބަރު ތަކާއި މައުލޫމާތުތައް ދިރާސާކުރުމުގައި މަސައްކަތް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މީޑިއާ ސެކްޝަނުގެ މަސައްކަތްތައް ރާވާ ހިންގުމުގެ އިތުރުން ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރގެ މަސްޢޫލިއްޔަތު އަދާކުރުން.

މުސާރަޔާއި އިނާޔަތްތައް

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަނޑައެޅޭނެ

މަޤާމް

އެސިސްޓަންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން

މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސެކްޝަން / އެގްޒެކެޓިވް އޮފީސް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ގްރެފިކްސް ޑިޒައިން ނުވަތަ މަލްޓިމީޑިއާ އަރޓްސް ނުވަތަ ވިޝުއަލް ކޮމިއުނިކޭޝަން ނުވަތަ ޑިޖިޓަލް މީޑިއާ ޑިޒައިންއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލް ކޮށްފައިވުން؛ ނުވަތަ
  • ގްރެފިކްސް ޑިޒައިން ނުވަތަ މަލްޓިމީޑިއާ އަރޓްސް ނުވަތަ ވިޝުއަލް ކޮމިއުނިކޭޝަން ނުވަތަ ޑިޖިޓަލް މީޑިއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކުރުމާއެކު މީޑިއާގެ ދާއިރާގައި މަދުވެގެން 4 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އެމްއެމްއޭގެ ޑިޖިޓަލް، ޕްރިންޓް މީޑިއާ، ސޯޝަލް މީޑިއާ ގްރެފިކްސް، ބްރޯޝަރސް، އިސްތިހާރު، އިންފޯގްރެފިކްސް އަދި ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ ވިޝުއަލް ކޮންޓެންޓް ތައްޔާރުކޮށް ޑިޒައިންކުރުމާއި، އެތެރެ އަދި ބޭރުގެ މުޢާމަލާތްތަކަށް ބޭނުންވާ ގްރެފިކްސްތަކާއި ލޭއައުޓްތައް ތައްޔާރުކުމުގެ އިތުރުން އެމްއެމްއޭގެ ހަފްލާތަކުގެ ވީޑިއޯގްރެފީ ތައްޔާރުކުރުމާއި ފޮޓޯ ނެގުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު)
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

04 ޖޫން 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

     ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

27 މޭ 2025
ހޯދާ