މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު ނަންބަރު: 2016/R-69 ގެ ދަށުން ކުރި އިޢުލާން ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އަށް ހަވަނަ އިސްލާޙު ގެނައުން.

ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އިޢުލާނަށް ހަވަނަ އިސްލާޙު ގެނައީމެވެ.

 

ހަވަނަ އިސްލާޙު:

އިސްވެ ދެންނެވުނު އިޢުލާން އަދި އެ އިޢުލާނަށް ގެނެވުނު އިސްލާޙުތަކުގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓުން އަންނަނިވި ތާވަލުގައި ފަޅު އުނިކޮށްފައިވާކަން އިޢުލާންކުރީމެވެ.

#

ފީޗަރ ކޯޑް

އަތޮޅު

ނަން

ބޮޑުމިން (ހެކްޓަރުން)

1

RF0593

ކ

4°17'45.500"N 73°26'44.553"E i

82

2

LD0225

އއ

އަލިކޮއިރަށް

1.47

                             

އިސްވެ ދެންނެވުނު އިޢުލާންގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އަންނަނިވި ފަޅުގެ ސަރަޙައްދު  އިތުރުކޮށްފައިވާކަން އިޢުލާންކުރީމެވެ.

#

ފީޗަރ ކޯޑް

އަތޮޅު

ނަން

ބޮޑުމިން (ހެކްޓަރުން)

1

RF0559

ބ

ގޮއިދޫ ފަރުން ސަރަޙައްދެއް

14.28

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

-----------------------------

27 މޭ 2025
ހޯދާ