އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގެ ޖާގަ އިތުރު ކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް

މި ކޯޓު އިމާރާތުގެ ޖާގަ އިތުރުކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 3 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 11:00 އިން 12:00 އަށް މި ކޯޓުގައެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މި ކޯޓުގައި 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ބާއްވާ ބައްދަލުވުމުގައެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، ޕްރީ-ބިޑް މީޓިންގ އަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

27 މޭ 2025
ހޯދާ