ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ޓޫރިޒަމް ޒޯނުގެ ބައެއް މަގުތަކަށް ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

މިރަށުގެ ޓޫރިޒަމް ޒޯނުގައި މިހާތަނަށް ރަސްމީކޮށް ނަމެއް ދެވިފައިނުވާ ބައެއް މަގުތަކަށް ނަންކިޔުމަށް ބޭނުންވާތީ، އެ މަގުތަކަށް ނަންހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ. މިގޮތުން ނަން ހުށަހެޅުމަށް ހުޅުވާލާ މަގުތައް ތިރީގައި ލިސްޓުކޮށްފައި އެވަނީ މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ދައްކައިދީފައިވާ ގޮތަށް ނަންކިޔުމަށް ބޭނުންވާ މަގުތަކަށް ދީފައިވާ އިނގިރޭސި އަކުރުންނެވެ.

     މަގުތަކަށް ދީފައިވާ އިނގިރޭސި އަކުރުތައް:

  1. މަގު A
  2. މަގު B
  3. މަގު C

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އޮފީސް ފޯމް ލިންކް މެދުވެރިކޮށް ނަން ހުށަހެޅުއްވުން އެދެމެވެ.

އޮފީސް ފޯމު ލިންކް:  https://forms.office.com/r/AVTEqYFPeT

 

ނަން ހުށަހެޅުއްވުމުގައި އިސްލާމްދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި، އިސްލާމީ އަހުލާގާއި، ދިވެހިރާއްޖޭގެ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުށުނާރާ ގޮތަށް، ސާފު ދިވެހިބަހުން ނަން ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ. ރަށުގެ ތާރީޚާއި ސަގާފަތް ނުވަތަ ތަރިކައާ ގުޅޭ ގޮތަށް  އެސަރަހައްދުތަކަށް އިހުގައި ކިޔާއުޅުނު ނަންނަމާގުޅޭ ނަން ހުށަހެޅުއްވުމަކީ އެދެވިގެންވާ ކަމަކެވެ.

27 މޭ 2025
ހޯދާ