ދިވެހިރާއްޖެ
| މަސައްކަތް | މިއީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު: 2024/10 ން އަރިއަތޮޅު އުތުރުބުރީ "ގަލަގިލި" ފަޅަކީ އއ. އުކުޅަހުގެ ބައެއް ކަމުގައި ކަނޑައެޅުމާގުޅިގެން "ގަލަގިލި" ފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް | ||
| ބީލަމުގައި ބައިވެރިވުމަށް ޝަރުތު ފުރިހަމަވާ މީހުން | ބިޑް ހުށަހެޅުމަށް ދެވޭ މި ދަޢުވަތު ހުޅުވިގެންވަނީ ދިވެހި ރައްޔިތުންގެ ސޯލް ޕްރޮޕްރައިޓަރޝިޕްތަކަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާރޓްނަރޝިޕްތަކަށާއި ކުންފުނިތަކަށެވެ. | ||
| ބިޑް ރެޖިސްޓްރޭޝަން | ބީލަން ހުށަހެޅޭނީ ރެޖިސްޓަރ ވާ ފަރާތްތަކަށެވެ. އަދި ރެޖިސްޓްރޭޝަން ފީ އެއްގެ ގޮތުން ކޮންމެ ފަރާތަކުންވެސް 500 ރުފިޔާ ހުށަހަޅަން ވާނެއެވެ. ބިޑްގައި ރެޖިސްޓަރ ވެވޭނީ 04 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށެވެ. ބިޑްގައި ރެޖިސްޓަރވާން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްގައި ރެޖިސްޓަރ ވުމަށް އެދޭ ފޯމު މެދުވެރިކޮށް އއ. އުކުޅަހު ކައުންސިލްގެ އިދާރާއަށެވެ. ބިޑްގައި ރެޖިސްޓަރ ވުމަށް އެދޭ ފޯމް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ. ބިޑްގައި ރެޖިސްޓަރ ކުރުމަށް އެދޭ ފޯމާއިއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. 
 ބިޑްގައި ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ އަގަށްވާ -/500ރ. (ފައްސަތޭކަ ރުފިޔާ) ހުށަހަޅަންވާނެއެވެ. (މި ފައިސާއަކީ އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކަށް އަނބުރާދެވޭނެ ފައިސާއެއް ނޫނެވެ. ބިޑް ގައި ރަޖިސްޓްރީ ކުރުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. | ||
| ބިޑް ހުށަހެޅުމުގެ ޚަރަދު | ބިޑް ކުރުމުގެ މި މުޅި މަރުޙަލާ ކޮންމެގޮތަކަށް ނިމުނުކަމުގައި ވީނަމަވެސް، ނުވަތަ ބިޑް ބާޠިލުކުރަންޖެހުނު ކަމުގައިވީނަމަވެސް، ނުވަތަ ބިޑް އެފަރާތަކަށް ކާމިޔާބު ނުކުރެވުނު ކަމުގައިވީނަމަވެސް، ކަމާގުޅޭގޮތުން ބިޑް ކުރާ ފަރާތަށް އުކުޅަހު ކައުންސިލުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެއެވެ. އަދި، ބިޑް ކުރާ ފަރާތްތަކުން ހުށަހަޅާ ބިޑް ތައްޔާރުކުރުމުގައި ނުވަތަ އެ ބިޑް ހުށަހެޅުމުގައި ހިނގާ ޚަރަދަކަށް ކައުންސިލުން އެއްވެސް މިންވަރަކަށް އެއްވެސްގޮތަކަށް ޒިންމާއެއް ނުވާނެއެވެ. | ||
| ބިޑް ސައްޙަވާ މުއްދަތު | ބިޑް ޞައްޙަވާ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެވެ. | ||
| ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން | ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މަޢުލޫމާތު ކަރުދާހަށް، 23 ޖޫން 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. 
 ކައުންސިލުން މަޢުލޫމާތު ކަރުދާހަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ. | ||
| ބިޑް އޮންނަންވީ ގޮތް | ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، އިޢުލާނު ނަންބަރ އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. | ||
| ބިޑް ހުށަހަޅަންޖެހޭ ތަން | އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ. | ||
| މައުލާމާތު ސާފުކުރުން | ތަން: އއ. އުކުޅަސް ކައުންސިލް އިދާރާގެ މީޓިންގް ރޫމް | ތާރީހް: 04 ޖޫން 2025 ގަޑި: 13:00 | |
| ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި | ތާރީޚު: 24 ޖޫން 2025 | ގަޑި: 11:00 | |
| ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. | |||
| ބިޑް ހުޅުވާ ތާރީޚު އަދި ގަޑި | ތާރީޚު: 24 ޖޫން 2025 | ގަޑި: 11:00 | |
| ބިޑް ހުޅުވާ ތަން | ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ. | ||
| އިތުރު މަޢުލޫމާތު | މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 23 ޖޫން 2025 ވާ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. | ||
| ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ފޯމް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. | |||
 
                    