މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ ބަނދަރު ސަރަޙައްދުގައި ޢިމާރާތް ކުރަން ފަށާފައިވާ އައު ''ބަނދަރުހިޔާ'' ގައި މިހާރު ނުނިމި ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން:

ނ. ލަންދޫ ބަނދަރު ސަރަޙައްދުގައި ޢިމާރާތް ކުރަން ފަށާފައިވާ އައު ''ބަނދަރުހިޔާ'' ގައި މިހާރު ނުނިމި ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ބޭނުންވާ (ބައެއް ތަކެތި) މިއިދާރާއިން ދިނުމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށްފަހު، 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

މި ބީލަމުގައި ރަޖިސްޓްރީވުމަށްއެދި ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ރަޖިސްޓްރޭޝަން ފީ ނުދައްކާ ބީލަންތަކާއި، ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 މޭ 2025
ހޯދާ