މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރުތަ ހޭންޑްބޯލް މުބާރާތް 2025ގެ ބައެއް މަސައްކަތްތައްކޮށްދޭނެ ފަރާތްތަކެއް ހޯދުން

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ އަރުތަ ހޭންޑްބޯލް މުބާރާތް މިއަހަރު މިކައުންސިލުން ހޯސްޓްކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 15 ވަނަ ދުވަހުއެވެ. މުބާރާތުގެ ތިރީގައިމިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

  1. މުބާރާތުގެ ހުރިހާ މެޗްތައް ރަނގަޅު ފެންވަރަކަށް ލައިވް ކުރުން
  2. މުބާރާތުގެ ޑްރޯ ސެރެމަނީ އަދި ފެށުމާއި ނިންމުމުގެ ރަސްމިއްޔާތުގެ ލައިޓިންގ
  3. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ދޭ ވަގުތު ކޮންފިޓީ އެރުވުން
  4. މުބާރާތުގެ އެންމެހާ ވީޑިއޯއާއި ފޮޓޯތައް ނެގުން

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 04 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ކޮޓޭޝަން ހުށައެޅުއްވުން އެދެމެވެ. އެއްމަސައްކަތަށްވުރެ ގިނަ މަސައްކަތަށް ކޮޓޭޝަން ހުށައަޅުއްވާނަމަ ކޮންމެ މަސައްކަތަކަށް ވަކިން ކޮޓޭޝަން ހުށައެޅުއްވުން އެދެމެވެ. މިކަމާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9864305 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

26 މޭ 2025
ހޯދާ