މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކުޑަރިކިލުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް

                         `                  

 

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

 

 (IUL)313-MI/313/2025/48 :ނަންބަރ 

 

އިޢުލާން 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

          ކުޑަރިކިލުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ (IUL)313-MI/313/2025/36 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާ ފޯމް މިއިދާރާއިންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅޭނީ 01 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

          ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހެޅި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 ޖޫން 01 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ޖޫން 11 ވާ ބުދަ ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ، އިޢުލާން ނަންބަރާއި،ކޮންކަމަކަށް ހުށަހަޅާ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.  ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ

ފޯން ނަންބަރ :   4000079

އީމެއިލް  : [email protected]

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  28     ޛުލްޤަޢިދާ    1446

                  26      މެއި      2025

 

 

26 މޭ 2025
ހޯދާ