ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިވާދޫ ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކުރުން

މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.  

            ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

02 ޖޫން 2025 ، ހޯމަ

10:00

ޕްރީ ބިޑް މީޓިންގ: ނައިވާދޫ ކައުންސިލް އިދާރާގައި ( އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިންކް ފޮނުވޭނެއެވެ.)

03 ޖޫން 2025 ، އަންގާރަ

13:15

ބީލަންތައް ހުށަހެޅުމާއި ހުޅުވުން

04 ޖޫން 2025، ބުދަ

11:30

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6520643 އަށެވެ.

 

  • ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.office.com/r/FiNa5sUU2U  
  • ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކޮށްދިނުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

              އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ތަރައްޤީކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

   

27 ޛުލްޤައިދާ 1446

25   މޭ   2025

25 މޭ 2025
ހޯދާ