ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޑިވޮލޮޕްމެންޓް އޮފް އަ ސީނިއަރ ސިޓިޒެންސް ހޯމް އިން އައްޑޫ ސިޓީ ފޭދޫ، އަންޑަރ ދަ ޑިޒައިން އެންޑް ބިލްޑް، ފައިނޭންސް އެންޑް އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލް
1. ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ފޭދޫގައި އިސްރަށްވެހިންގެ ހިޔާ އެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 މޭ 25 އިން 2025 ޖޫން 01 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށްފަހު، .00500ރ (ފަސްސަތޭކަ ރުފިޔާ) ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ. eportal.msfd.gov.mv
3. ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ 2025 މޭ 25 އިން 2025 ޖޫން 01 ގެ ނިޔަލަށް ބަނޑޭރި ޕޭ (https://bp.finance.gov.mv/) މެދުވެރިކޮށެވެ. ފައިސާ ދެއްކުމަށްފަހު ރަސީދު މި މިނިސްޓްރީގެ ތިރީގައި މިވާ އެޑްރެސްއަށް މެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ. [email protected] ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
4. ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މޭ 28 ވާ ބުދަ ދުވަހުގެ ކުރިން މި އިއުލާނުގެ 03 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެއްވުންއެދެމެވެ.
5. ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000.00ރ (ވިހިހާސް ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހެވެ.
6. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީއޯއާރް ގައި ބަޔާންކުރެވިފައިވާނެއެވެ.
7. ބީލަން ހުށަހެޅުމަށާ ބީލަން ހުޅުވުން އޮންނާނީ 2025 ޖޫން 3 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގައެވެ.
8. މިޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް
އުމަރު ޒާހިރު އޮފީސް ބިލްޑިންގ
ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ
ފޯން ނަންބަރު: (960) 3013017+