ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުލިގަން ޕްރޮމޯޓް ކުރުމަށްޓަކައި ބޭނުންކުރާނެ ސްލޯގަންއެއް ހުށަހެޅުމުގެ ފުރުޞަތު

         އުލިގަން ޕްރޮމޯޓް ކުރުމަށްޓަކައި ބޭނުންކުރާނެ ސްލޯގަންއެއް ކަނޑައެޅުމަށް ކައުންސިލުން ބޭނުންވެއެވެ. އެގޮތުން މި ކައުންސިލްގެ 04 ވަނަ ދައުރުގެ 204 ވަނަ އާންމު ބައްދަލުވުމުން އުލިގަން ޕްރޮމޯޓް ކުރުމަށްޓަކައި ސްލޯގަންއެއް ކަނޑައެޅުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށްވަނީ ނިންމާފައެވެ.

         ވީމާ، އުލިގަން ޕްރޮމޯޓްކުރާނެ ސްލޯގަންއެއް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ސްލޯގަން ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށް ސްލޯގަން ހުށަހެޅުއްވުން އެދެމެވެ. ސްލޯގަން ހުށަހަޅުއްވާނީ އިނގިރޭސިބަހުން ތިރީގައިވާ ލިންކުގައިވާ މައިކްރޯސޮފްޓް އޮންލައިން ފޯމް ފުރިހަމަކުރައްވައިގެންނެވެ.

 މައިކްރޯސޮފްޓް ފޯމުގެ ލިންކް:https://forms.office.com/r/0JxtVD5MF3      

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

25 މޭ 2025
ހޯދާ