ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ސާނަވީ (އެސް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ ލީޑް އެގްޒޭމިނަރ،އޮޑިޓިނގް އެގްޒޭމިނަރ، މޮޑަރޭޓިންގ އެގްޒޭމިނަރ،މާކަރުން އަދި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްދޭނެ މީހުން ހޯދުން

އިޢުލާން 

2025 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ ،ލީޑް އެގްޒޭމިނަރ،އޮޑިޓިންގ އެގްޒޭމިނަރ، މޮޑަރޭޓިންގ އެގްޒޭމިނަރ،މާކަރުން އަދި ކްލެރިކަލް މުވައްޒަފުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

މަސައްކަތްކުރަންޖެހޭ މުއްދަތު

ލީޑް އެގްޒޭމިނަރ

2

2

22 ޖޫން 2025 އިން 03 އޯގަސްޓް 2025 އަށް

އޮޑިޓިން އެގްޒޭމިނަރ

3

3

22 ޖޫން 2025 އިން 03 އޯގަސްޓް 2025 އަށް

މޮޑަރޭޓިންގ އެގްޒޭމިނަރ

8

8

22 ޖޫން 2025 އިން 03 އޯގަސްޓް 2025 އަށް

މާކަރު

40

40

13 ޖުލައި 2025 އިން 03 އޯގަސްޓް 2025 އަށް

ކްލެރިކަލް މުވައްޒަފު

11

11

10 ޖުލައި 2025 އިން 03 އޯގަސްޓް 2025 އަށް

 

ޝަރުޠު:

 ލީޑް އެގްޒޭމިނަރުން، އޮޑިޓިންގ އެގްޒޭމިނަރުން، މޮޑަރޭޓިންގ އެގްޒޭމިނަރުންގެ ޝަރުތު:

  1. މިއަހަރު އިމްތިޙާނުގައި ތިމާ، ތިމާގެ ދަރި ބައިވެރި ވެފައިވާ ފަރާތަކަށް ނުވުން.
  2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރ ޑިގްރީ ޙާޞިލް ކޮށްފައިވުން.
  3. މާކުކުރާ މާއްދާގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުމާ އެކު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު މާކިން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީލަފާދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.
  4. ވޭތުވެދިޔަ އަހަރު މާކަރެއްގެ ގޮތުގައި މާކިންގައި ބައިވެރިވެފައިވާނަމަ، މާކިން ނިމުނުއިރު ލިބިފައިވާ ޕަރފޯމަންސް ސްކޯ %85 އަށް ވުރެ ދަށްވެފައި ނުވުން.

*އިސްލާމް މާކު ކުރުމަށް ޗީފު އެގްޒޭމިނަރންނާއި ލީޑް އެގްޒޭމިނަރުން ކަނޑައެޅުމުގައި ޢަރަބި ބަހުން ދީނީ ތަޢުލީމުގެ ފުރަތަމަޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

  1. މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން.
  2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު، ކީސްޓޭޖް 4 ނުވަތަ 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން، ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން، ނުވަތަ  ރަސްމީ މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީލަފާދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން، ނުވަތަ ދިވެހި / އިސްލާމް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.

    ކްލެރިކަލް މުވައްޒަފުންނަށް އެދޭ މީހުންގެ ޝަރުޠު:

  1. މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން.
  2. ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސްޢޫލިއްޔަތު:

 

 ލީޑް އެގްޒޭމިނަރުންގެ މަސްޢޫލިއްޔަތުތައް:

 1. ލީޑް އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކިންގެ  އެންމެހައި މަސައްކަތްތައް ޗީފު އެގްޒޭމިނަރުގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ.

 2.  ލީޑް އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ.

 3.  މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

 4. މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ލީޑް އެގްޒޭމިނަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.

 5. އިމްތިޙާނުގެ އެންމެހައި  ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާނަމަ، ޗީފް އެގްޒޭމިނަރަށް އެކަން އަންގަންވާނެއެވެ. 

 6. މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނޭގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ.

 7. ލީޑް އެގްޒޭމިނަރުނަށް ހަވާލުކުރެވިފައިވާ އޮޑިޓިން އެގްޒޭމިނަރުންނާއި މޮޑަރޭޓިން އެގްޒޭމިނަރުން މާކުކޮށް ނިމިފައިހުރި ކަރުދާސްތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން މާކަރެއްގެ އެއް ކަރުދާސް،  ކޮންމެދުވަހަކުވެސް މޮޑަރޭޓްކޮށް، އެހެން މާކަރުންގެ މަސައްކަތް ރެންޑަމްކޮށް ޗެކްކުރަން ވާނެއެވެ.  

 8. މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ ދެކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެވެސް ދެ މާކަރެއްގެ ފޮޓޯކޮޕީ ކަރުދާސް މާކުކުރުމަށްފަހު، ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ. 

 9. މާކިން މައްސަލަ ހުރި ދިމާއަށް ބޮޑަށް ސަމާލުކަން ދިނުމަށާއި، ސަމާލުކަންދޭންވީގޮތް، މޮޑަރޭޓިން އެގްޒޭމިނަރުން މެދުވެރިކޮށް މައްސަލަ ހުރި މާކަރުންނަށް އަންގަންވާނެއެވެ. މައްސަލަޖެހޭ މާކަރުންގެ މައްސަލަ ފަހަށްބެހެއްޓުމަކީ އޭގެ ސަބަބުން ކުރިން މާކުކުރި ހުރިހާ ޖަވާބުކަރުދާސްތައް އަލުން މާކުކުރަން ޖެހިދާނެ ކަމަކަށްވާތީ މިކަމަށް ލީޑް އެގްޒޭމިނަރުން ސަމާލުކަން ދޭންވާނެއެވެ.

 10. މުޅި ކަރުދާހަށް ނުވަތަ 8 (އަށެއް) މާކުހުން ފެށިގެން މަތީން މާކުސް ލިބޭ ސުވާލަކަށް (އިސްލާމީ ތަރުބިޔަތު މާއްދާގައި ކަރުދާސް 2 ގެ ފުރަތަމަ ބަޔާއި ދެވަނަ ބައިގެ ޢަޤީދާއާއި ފިޤުހުގެ ބައިގެ ހުރިހާ ސުވާލަކަށް) ސުމެއްދޭން ޖެހިއްޖެނަމަ، އެ ސުވާލަށް ސުމެއް ދެވޭތޯ ބަލައިދޭންވާނެއެވެ. އަދި އެ ސުވާލަށް ސުމެއްދެވޭނަމަ އަރިމަތީ ހަވާސާގައި ރަތްގަލަމުން ސުމެއް ދެވޭ ސަބަބު ލިޔެ ސޮއިކުރަންވާނެއެވެ. ސުމެއް ނުދެވޭނަމަ ސުމެއް ނުދެވޭ ސަބަބު އޮޑިޓިން އެގްޒޭމިނަރާއި މޮޑަރޭޓިން އެގްޒޭމިނަރު ބުނެދީ އަލުން އެސުވާލުގެ ޖަވާބު މާކުކުރަން މާކަރާ ޙަވާލުކުރަން ވާނެއެވެ.

 11. މާކަރެއްގެ މާކިން މައްސަލަ ރަނގަޅުކުރުމަށް ތަކުރާރުކޮށް، އިރުޝާދު ދިނުމުންވެސް އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، އެ މާކަރެއްގެ މައްސަލަ ބައްލަވައި، އެ މާކަރަކަށް މާކިންގެ މަސައްކަތް ކުރެވޭވަރު ނުވާނަމަ، ޗީފްއެގްޒަމިނަރުންގެ މަޝްވަރާގެ މަތިން އެ މާކަރަކު މަސައްކަތުން އެކަހެރި ކުރަންވާނެއެވެ.

 12. މާކިން މަސައްކަތް ނިމުމަށްފަހު، އެ އަހަރުގެ މާކިން ހިނގާ ދިޔަގޮތާއި ކުރިއަށް އިސްލާޙުކުރަން ފެންނަކަންތައް ބަޔާންކޮށް 'މާކިން ހިގާދިޔަގޮތުގެ ޚުލާޞާ ރިޕޯޓު' ޑީޕީއީއަށް ހުށައަޅަންވާނެއެވެ. (މި މަސައްކަތް ކުރިއަށް ގެންދާނީ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭމިނަރުންނާއެކުގައެވެ.)

 13. ޑީ.ޕީ.އީން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.

 އޮޑިޓިންގ އެގްޒޭމިނަރުންގެ މަސްޢޫލިއްޔަތުތައް:

  1. އޮޑިޓިން އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކިންގެ އެންމެހައި މަސައްކަތްތައް ލީޑް އެގްޒޭމިނަރުންގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ.
  2. އޮޑިޓިން އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ.
  3. މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.
  4. މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި އެގްޒޭމިނަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.
  5. އިމްތިޙާނުގެ އެންމެހައި  ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާނަމަ އެކަން ލީޑް އެގްޒޭމިނަރަށް އަންގަންވާނެއެވެ. 
  6. މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނޭގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ.
  7. މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ ދެކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެވެސް ދެ މާކަރެއްގެ ފޮޓޯކޮޕީ ކަރުދާސް މާކުކުރުމަށްފަހު، ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ. 
  8. އޮޑިޓިން އެގްޒަމިނަރުންނާ ހަވާލުކުރެވިފައިވާ ކޮންމެ ގްރޫޕަކުން ދެ މާކަރެއްގެ މާކިން، މާކިންގެ ފުރަތަމަ ދުވަހު ރެންޑަމްކޮށް ޗެކުކޮށް ދޭންވާނެއެވެ.
  1. އޮޑިޓިން އެގްޒޭމިނަރުންނާ ހަވާލުކުރެވިފައިވާ ކޮންމެ ގްރޫޕަކުން ދެ މާކަރެއް، މާކުކުރާ ކަރުދާސްތަކުގެ ތެރެއިން ކޮންމެ 10 ކަރުދާހުގެ ޕެކެޓަކުން 1 ކަރުދާސް މޮޑަރޭޓްކުރަން ވާނެއެވެ. އެގޮތުން މާކިންގައި މައްސަލަ ހުރިނަމަ ވަގުތުން އެކަން ލީޑް އެގްޒޭމިނަރަށާއި މޮޑަރޭޓިން އެގްޒޭމިނަރަށް އަންގާ، ދޭންޖެހޭ އިރުޝާދު ލަސްނުވެ ދޭންވާނެއެވެ. އަދި އެހެން ކަރުދާސްތައް ރެންޑަމްކޮށް ޗެކުކޮށް ދޭންވާނެއެވެ.
  2. މާކިން މައްސަލަ ހުރި ދިމާއަށް ބޮޑަށް ސަމާލުކަން ދިނުމަށާއި، ސަމާލުކަންދޭންވީގޮތް، މޮޑަރޭޓިން އެގްޒޭމިނަރުން މެދުވެރިކޮށް މައްސަލަ ހުރި މާކަރުންނަށް އަންގަންވާނެއެވެ.
  3. މުޅި ކަރުދާހަށް ނުވަތަ އަށް (އަށެއް) މާކުހުން ފެށިގެން މަތީން މާކުސް ލިބޭ ސުވާލަކަށް (އިސްލާމީ ތަރުބިޔަތު މާއްދާގައި ކަރުދާސް 2 ގެ ފުރަތަމަ ބަޔާއި ދެވަނަ ބައިގެ ޢަޤީދާއާއި ފިޤުހުގެ ބައިގެ ހުރިހާ ސުވާލަކަށް) ސުމެއްދޭން ޖެހިއްޖެނަމަ، އެ ސުވާލަށް ސުމެއް ދެވޭތޯ ބަލައިދޭންވާނެއެވެ. އަދި އެ ސުވާލަށް ސުމެއްދެވޭނަމަ އަރިމަތީ ހަވާސާގައި ރަތްގަލަމުން ސުމެއް ދެވޭ ސަބަބު ލިޔެ ސޮއިކުރަންވާނެއެވެ. ސުމެއް ނުދެވޭނަމަ ސުމެއް ނުދެވޭ ސަބަބު މޮޑަރޭޓިން އެގްޒޭމިނަރާއި މާކަރަށް ބުނެދީ އަލުން އެސުވާލުގެ ޖަވާބު މާކުކުރަން މާކަރާ ޙަވާލުކުރަން ވާނެއެވެ.
  4. މާކަރެއްގެ މާކިން މައްސަލަ ރަނގަޅުކުރުމަށް ތަކުރާރުކޮށް، އިރުޝާދު ދިނުމުންވެސް އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، އެ މާކަރެއްގެ މައްސަލަ ބައްލަވައި، އެ މާކަރަކަށް މާކިންގެ މަސައްކަތް ކުރެވޭވަރު ނުވާނަމަ، ޗީފްއެގްޒޭމިނަރުންގެ މަޝްވަރާގެ މަތިން އެ މާކަރަކު މަސައްކަތުން އެކަހެރި ކުރަންވާނެއެވެ.
  5. މާކިން މަސައްކަތް ނިމުމަށްފަހު، އެ އަހަރުގެ މާކިން ހިނގާ ދިޔަގޮތާއި ކުރިއަށް އިސްލާޙުކުރަން ފެންނަކަންތައް ބަޔާންކޮށް 'މާކިން ހިގާދިޔަގޮތުގެ ޚުލާޞާ ރިޕޯޓު' ޑީޕީއީއަށް ހުށައަޅަންވާނެއެވެ. (މި މަސައްކަތް ކުރިއަށް ގެންދާނީ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި މޮޑަރޭޓިން އެގްޒޭމިނަރުންނާއެކުގައެވެ.)
  6. ޑީ.ޕީ.އީން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ. 

 މޮޑަރޭޓިންގ އެގްޒޭމިނަރުންގެ މަސްޢޫލިއްޔަތުތައް:

  1. މޮޑަރޭޓިން އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކިންގެ އެންމެހައި މަސައްކަތްތައް މޮޑަރޭޓިން އެގްޒޭމިނަރުންގެ އިސްކޮށް ތިއްބަވާ އެގްޒޭމިނަރުންގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ.
  2. މޮޑަރޭޓިން އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ.
  3. މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.
  4. މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.
  5. އިމްތިޙާނުގެ އެންމެހައި  ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާނަމަ އެކަން އޮޑިޓިން އެގްޒޭމިނަރަށް އަންގަންވާނެއެވެ.
  6. މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނޭގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ.
  7. މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ 5 ކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެ މާކަރެއްގެ ޕޮޓޯކޮޕީ އެއްކަރުދާސް މާކުކުރުމަށްފަހު، ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ.
  8. މާކަރުން މާކުކުރާ ފޮޓޯކޮޕީކަރުދާހާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގައި ކޮންމެ މޮޑަރޭޓިން އެގްޒޭމިނަރެއްވެސް ބައިވެރިވާން ވާނެއެވެ. އަދި ޗީފް އެގްޒޭމިނަރު ދެއްވާ މަޝްވަރާގެ މަތިން މާކިން ކަންތައް ކުރިއަށް ގެންގޮސް ދޭންވާނެއެވެ. 
  9. ފޮޓޯ ކޮޕީ ކަރުދާހުގެ އަސްލުކަރުދާސް އޮންނަ ޕެކެޓުތައް ފިޔަވައި އެހެން ކޮންމެ 10 ކަރުދާހަކުން އެއްކަރުދާސް މޮޑެރޭޓް ކޮށްދޭންވާނެއެވެ.
  10. މޮޑަރޭޓްކުރި ކަރުދާސްތަކުގެ މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓު ފިޔަވާ އެހެން ސުވާލުތަކުގެ މާކުހުގެ ފަރަގު 3 އަކަށްވުރެ ބޮޑުނަމަ އެ ސުވާލުތައް މާކު ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑާބެހޭ ގޮތުން އޮޅުން ފިލުވައިދީ މާކަރުންނަށް އިރުޝާދު ދޭންވާނެއެވެ. (މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓުގެ ތަފާތެއްކަމަށް ބަލާނީ 5 މާކުހުގެ ފަރަގު ހުންނަ ނަމައެވެ.)
  11. މާކިންގެ ތަފާތު ބޮޑުނަމަ އެ ޕެކެޓުގެ އެހެން ކަރުދާހެއް މޮޑެރޭޓު ކުރަން ވާނެއެވެ. މިގޮތަށް މޮޑަރޭޓު ކުރުމުންވެސް އެކުށް ތަކުރާރުވާނަމަ، އެ ޕެކެޓުގެ އެ ސުވާލު، މާކަރު ލައްވާ އަލުން މާކުކުރުވަން ވާނެއެވެ. ތަފާތު ނުވާނަމަ ކުރިން މާކުކުރި ކަރުދާހުގެ އެ ސުވާލު އިސްލާހު ކުރުވާނީއެވެ.
  12. ތަކުރާރުކޮށް ކިޔައިދީގެންވެސް މާކަރުގެ މާކިން އިސްލާޙު ނުވާނަމަ އެކަން ލީޑް އެގްޒޭމިނަރުންނާއި އޮޑިޓިން އެގްޒޭމިނަރުންގެ ސަމާލުކަމަށް ގެންނަވަން ވާނެއެވެ. ހަމައެހެންމެ މާކިން މަސައްކަތުގެ ކުރީކޮޅުގައި އެ މާކަރެއްގެ މައްސަލަތައް ޗީފްއެގްޒޭމިނަރާއި ހިއްސާކުރަން ވާނެއެވެ.
  13. މާކަރެއްގެ މާކިން މައްސަލަ ރަނގަޅުކުރުމަށް ތަކުރާރުކޮށް، އިރުޝާދު ދިނުމުންވެސް އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، އެ މާކަރެއްގެ މައްސަލަ ބައްލަވައި، އެ މާކަރަކަށް މާކިންގެ މަސައްކަތް ކުރެވޭވަރު ނުވާނަމަ، ޗީފްއެގްޒަމިނަރުންގެ މަޝްވަރާގެ މަތިން އެ މާކަރަކު މަސައްކަތުން އެކަހެރި ކުރަންވާނެއެވެ.
  14. މާކިން މަސައްކަތް ނިމުމަށްފަހު، އެ އަހަރުގެ މާކިން ހިނގާ ދިޔަގޮތާއި ކުރިއަށް އިސްލާޙުކުރަން ފެންނަކަންތައް ބަޔާންކޮށް 'މާކިން ހިގާދިޔަގޮތުގެ ޚުލާސާ ރިޕޯޓު' ޑީޕީއީއަށް ހުށައަޅަންވާނެއެވެ. (މި މަސައްކަތް ކުރިއަށް ގެންދާނީ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި މޮޑަރޭޓިން އެގްޒޭމިނަރުންނާއެކުގައެވެ.)
  15. ޑީ.ޕީ.އީން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ. 

މާކަރުންގެ މަސްޢޫލިއްޔަތުތައް:

  1. މާކަރުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކު ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.
  2. މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ.
  3. އިމްތިޙާނުގެ މާކިން މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.
  4. ކޮންމެ މާކަރަކާ މާކުކުރަން ޙަވާލުކުރެވޭ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ޙަވާލުކުރެވޭނީ ލިޔުމެއްގައި ސޮއި ކުރުވާފައެވެ. މިނޫން ގޮތަކަށް އެއްވެސް މާކަރަކު ޖަވާބު ކަރުދާހާ ޙަވާލުވެގެން ނުވާނެއެވެ.
  5. ކޮންމެ މާކަރަކު މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި މާކަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.
  6. މާކަރުންނާ މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި އެޕެކެޓުގައި ހުންނާނެ ޖަވާބުކަރުދާހުގެ ކޯޑު ނަމްބަރުތައް ޖަހާފައި ހުންނާނެއެވެ. އެކަރުދާސްތައް ޕެކެޓުގައި ހަމައަށް ހުރިތޯ ޗެކުކުރުމަށް ފަހުގައި ނޫނީ ޖަވާބު ކަރުދާހާ ހަވާލުވެގެން ނުވާނެއެވެ.
  7. މާކުކުރަން މާކަރާ ޙަވާލުކުރެވިފައިވާ ޖަވާބު ކަރުދާސް ޕެކެޓުގެ މަސައްކަތް މުޅިން ނިމުމުން، ނުވަތަ އެދަންފަޅިއެއްގެ މަސައްކަތް ނިމުމުން، ނުވަތަ މާކަރު ބޭރަށް ދާންޖެހުމުން ޖަވާބު ކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލުކުރަން ވާނެއެވެ. މިގޮތުން ޖަވާބުކަރުދާސް ޕެކެޓު އިދާރީމޭޒާ ޙަވާލު ކުރާއިރު ޕެކެޓުން ހުރިހާ ކަރުދާހެއް ނަގައިގެން ހުރިހާ ކޯޑެއްގެ ކަރުދާސް ހަމައަށް ދެއްކުމަށްފަހު މާކަރުގެ ފައިލުގައި ޖަވާބުކަރުދާސް ހަވާލުކުރުމަށް އޮންނަ ޝީޓުގައި ސޮއި ކުރުވަންވާނެއެވެ.
  8. މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ތަކުގެ ތެރޭގައި އެވަގުތަކު މާކުކުރެވެމުންދާ ކަރުދާސް ނޫން ޖަވާބުކަރުދާހެއް އޮވެއްޖެނަމަ ނުވަތަ އެހެން މާއްދާއެއްގެ ޖަވާބުކަރުދާހެއް އޮވެއްޖެނަމަ (މާކުކުރަނީ ކަރުދާސް 2 ކަމަށް ވެފައި ކަރުދާސް 1 ގެ ޖަވާބު ކަރުދާހެއް އޮތުން ނުވަތަ މާކުކުރަނީ ދިވެހި ކަމަށް ވެފައި އިސްލާމް ކަރުދާހެއް އޮތުން) އެ ޕެކެޓަކާ ޙަވާލުވެގެން ނުވާނެއެވެ. ޖަވާބުކަރުދާހާ ޙަވާލުވާއިރު މިކަން ޗެކުކުރަންވާނެއެވެ.
  9. މާކިން ފެށުމަށްފަހު، ޑީޕީއީން އަންގަވާ ގޮތެއްގެ މަތީން ފޮޓޯކޮޕީ ކަރުދާސް މާކު ކުރަންވާނެއެވެ.
  10. މާކިން ފެށުމަށްފަހު، ހަވާލުކުރެވޭ ޖަވާބު ކަރުދާސްތައް ދުވަހުން ދުވަހަށް މާކުކޮށްދޭން ވާނެއެވެ. އަދި ޖަވާބު ކަރުދާސް މާކުކޮށް ނިމުމަށްފަހު ހުރިހާ ސުވާލެއް މާކުކޮށް މާކުސް ދެވިފައިވާކަން ކަށަވަރުކުރަން ވާނެއެވެ.
  11. ޑީ.ޕީ.އީން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.

 ކްލެރިކަލް މުވައްޒަފުންގެ މަސްޢޫލިއްޔަތުތައް:

  1. ކްލެރިކަލް މުވައްޒަފުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކަރުންނަށް ބާއްވާ ޓްރެއިނިންގ އާއި މާކިން ހޯލުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ކްލެރިކަލް ގެ އެންމެހާ މަސައްކަތްތައް ކުރުމެވެ.
  2. ކްލެރިކަލް މުވައްޒަފެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ.
  3. މިއިމްތިޙާނުގައި މާކުކުރާ ކޮންމެ މާކަރަކު މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި ކުރިކަން ކަށަވަރުކުރަންވާނެއެވެ.
  4. މާކިން މަސައްކަތަށް މާކަރު ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއިކޮށް، ޙާޟިރުވި ގަޑި ޖެހިކަން ކަށަވަރުކުރަންވާނެއެވެ.
  5. ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި އެގްޒޭމިނަރުން (ޗީފް އެގްޒޭމިނަރު، ލީޑް އެގްޒޭމިނަރުން، މޮޑަރޭޓިން އެގްޒޭމިނަރުން، އޮޑިޓިން އެގްޒޭމިނަރުން) އާއި މާކަރުންގެ ޙާޟިރީ ބަލަހައްޓަންވާނެއެވެ.
  6. މާކަރުންނަށް ބާއްވާ މާކިން ޓްރެއިނިންއަށް ބޭނުންވާ ކަރުދާސްތައް ބެހުމާއި، މާކުކޮށް ނިމުމުން ކަރުދާސްތައް ނަގަންވާނެއެވެ.
  7. މާކިން މަސައްކަތް ފެށުމުން ޖަވާބު ކަރުދާސްތައް (ޕޭޕަރތައް) ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
  8. މާކިން ހިނގަމުންދާއިރު، އެގްޒޭމިނަރުންގެ ޓީމާއި މާކަރުންނަށް އެހީތެރިވެދޭންވާނެއެވެ. އަދި މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕެއް ބަލަހައްޓަންވާނެއެވެ.
  9. މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބޭ މާކަރުންނަށް ކަރުދާސް ޙަވާލުކުރަންވާނެއެވެ. އަދި ނިމުމުން އަނބުރާ އެކަރުދާސްތައް ބަލައިގަންނަން ވާނެއެވެ.
  10. އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބޭ މާކަރު މާކު ކޮށްފައިވާ ކަރުދާހުގައި ދީފައިވާ ޢަދަދާއި މާކުސް ޝީޓްގައިވާ ޢަދަދު ދިމާވޭތޯ ޗެކްކުރަންވާނެއެވެ.
  11. އަދި މާކު ނުކުރާ ސުވާލެއް އޮތްތޯއާއި ދޭންވާ ވަރަށްވުރެ އިތުރަށް މާކްސް ދީފައިވޭތޯ ޗެކްކުރަންވާނެއެވެ.
  12. ޗެކްކޮށް ނިމޭ ކަރުދާސްތައް އެ ގްރޫޕެއްގެ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭމިނަރުންނާއި ޙަވާލުކުރަންވާނެއެވެ.
  13. އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާހަށް ލިބުނު މާކުސްތައް އެންޓަރކުރަންވާނެއެވެ.
  14. މާކިން ހިނގަމުންދާއިރު، ދުވަހުން ދުވަހަށް ތަކެތި (އެ ގްރޫޕެއްގައި ހިމެނޭ މާކަރުންގެ ގަލަން، ފަންސޫރު، ރަބަރު، ކަލްކިއުލޭޓަރު ފަދަ ތަކެތި) ހަމަކޮށް ގަޑިއަށް މާކިން ފެށޭވަރަށް ހޯލް ތައްޔާރުކުރަންވާނެއެވެ.
  15. މާކިން ހިނގަމުންދާއިރު، އިދާރީގޮތުން މާކިން މަސައްކަތްކުރާ އެހެން ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.

 

 

ލީޑް އެގްޒޭމިނަރުން، މާކުސް ލިބޭ ގޮތް

ތަޢުލީމް

20

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ޓެސްޓް (ސުވާލުކަރުދާސް މާކު ކުރުން)

30

އިންޓަވިއު

20

 

އޮޑިޓިން އެގްޒޭމިނަރުން، މޮޑަރޭޓިން އެގްޒޭމިނަރުން،މާކަރުންނަށް މާކުސް ލިބޭ ގޮތް ލިބޭ ގޮތް

ތަޢުލީމް

20

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ޓެސްޓުގެ (ސުވާލުކަރުދާސް މާކު ކުރުން) ނަތީޖާ

50

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު

  • މާކިންގ ސްކީމް ފައިނަލް ކުރުން:

   22 ޖޫން 2025 އިން 10 ޖުލައި 2025 އަށް (14:00 އިން 18:00 އަށް)

  •  މާކިންގ ތަމްރީން:

13 ޖުލައި 2025 އިން 15 ޖުލައި 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް)

  •  މާކިންގ:

   15 ޖުލައި 2025 އިން 03 އޯގަސްޓް 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް)

އުޖޫރަ:

  1. ލީޑް އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  2. އޮޑިޓިންގ އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/4,000ރ (ހަތަރުހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  3. މޮޑަރޭޓިންގ އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  4. މާކަރުންގެ އުޖޫރަ:  މާކު ކުރާ ކޮންމެ ކަރުދާހަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  5. ކްލެރިކަލް ސްޓާފުންގެ އުޖޫރަ: ކްލެރިކަލް މާކިންގ މަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރައަކީ ގަޑިއަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  • ރީޗެކް މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.
  • ރީޗެކުގައި މާކުސް ދެވުނުގޮތުގެ ރިޕޯޓް ލިޔުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ރިޕޯޓަކަށް -/200ރ (ދުއިސައްތަ ރުފިޔާ)އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ މާކިންގ ގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު، (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުގެ، ޑައުންލޯޑްސް ބައިގެ ފޯމުތަކުން www.dpe.edu.mv ލިބެން ހުންނާނެއެވެ). އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.

Marking Work Application Form

  • ވަނަވަރު (ސީ.ވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ  ( ކިޔަވައިދޭ މާއްދާއާގުޅޭ އެންމެމަތީ ސެޓްފިކެޓް )
  • ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (03 މަސް ހަމަނުވާ)،  މިލިޔުމުގައި ކިޔަވައިދޭ ކީސްޓޭޖާއި މާއްދާ އެނގެން އޮންނަންވާނެއެވެ.

ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ.

 

ސުންގަޑި:

02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

Marking Work Application Google Form

  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު  މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
25 މޭ 2025
ހޯދާ