ދިވެހިރާއްޖެ
އަލަށް ގެވަޅު ދޫކުރާ ސަރަޙައްދުން އިތުރަށް ސާފުކުރާ ހިސާބުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ އެ ރުއްގަހުގެ ވެރިފަރާތްތަކުން ރުކުގައި ޖަހާފައިވާ ނަމްބަރާއި ރުކުގެ މޮޅު ދެރަ މިން (މޮޅު ރުއް، މެދު ރުއް، ފޯދުނު ދެރަ، ނުފޯދޭ ދެރަ، ނުފޯދޭ ބޮޑު، ކަނދުބުޑުލީ) ވަކިން، ތަފްޞީލާއެކު ޢަދަދު އެނގޭނެހެން 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ނުވަތަ ފޯމް ހުށަހެޅުއްވުން އެދެމެވެ. އެ ސަރަޙައްދުގައިވާ ރުއް،ގަސް ފާހަގަ ވާނެހެން ކަޅުކުލައިގެ ފާހަގައެއް އެ ރުއްތަކުގައި ޖަހާފައި ހުންނާނެއެވެ.
މި މުއްދަތުގައި އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅުއްވާފައި ނުވާނަމަ، ބެލޭނީ އެއްވެސް ފަރާތެއްގެ ރުކެއް އެސަރަޙައްދުގައި ނެތީކަމުގައެވެ. އަދި އެ ސަރަޙައްދުގައި ހުރި ނަގައިގެންގެންދެވޭ ކުދި ރުއްތައް، ރުކުގެ ވެރިފަރާތްތަކުން މަތީގައި ދެންނެވިފައިވާ މުއްދަތުގައި ނަގައިގެން ގެންދިއުންއެދެމެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަލަށް ގެވަޅުދޫކުރާ ސަރައްހައްދުން އިތުރަށް ސާފުކުރާ ހިސާބު އެނގޭނެ ގޮތުގެ ޗާޓު އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.