ދިވެހިރާއްޖެ
އިޢުލާން
ބަކްމޭން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި ހިންނަވަރު ކައުންސިލް ގުޅިގެން ހިންނަވަރުގައި ދަނޑުވެރިކަމާއިގުޅޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މިރަށުގެ ދަނޑުވެރިންނާއި، ފެނުގައި ގަސް ހެއްދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށާއި އަދި ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. ވީމާ، ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ގޫގަލް ފޯމް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ކޯހުގެ މުއްދަތު: 14 ދުވަސް ކޯހުގެ ފީ: -/2000 ރުފިޔާ ނޯޓް: ކޯހުގެ ފީ 02 ބަޔަކަށް ބަހާލައިގެން ދެއްކުމުގެ އިޚްތިޔާރު ކޯހުގެ ބައިވެރިންނަށް ލިބިފައިވެއެވެ. މިގޮތުން، ކޯސް ފެށުމުގެ ކުރިން -/1000 އަދި ކޯސް ފުރިހަމަކުރުމަށްފަހު ބާކީ -/1000 ދައްކަންވާނެއެވެ. ކޯހުގައި ދަސްކޮށްދޭ ބައިތައް: ހައިޑްރޮޕޯނިކްސް، ވާޓިކަލް އެންޑް ކޮންޓެއިނަރ ގާރޑިނިންގ ޕްރޮގްރާމް ކުރިއަށްގެންދާނީ، ސްރީލަންކާއިން ވަޑައިގަންނަވާ ޕްރޮފެސަރ ޕްރޮގްރާމްގެ ބައިވެރިންނަށް ބޭނުންވާ އެންމެހާ ތަކެތި ކޯސް ހިންގާ ފަރާތުން ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. https://forms.gle/u47KhCD3RoBXKfPg6 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. |