މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބުމަށް، ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

ރ. ހުޅުދުއްފާރުގެ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް އަދި ރޮސްޓްރަމް ޤާއިމުކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތަށް އަންނަ އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބުމަށް ހުޅުދުއްފާރު ފުޓްބޯޅަ ދަނޑު ސަރަޙައްދާ ކައިރިން، 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް 01 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް އެކުންފުނިން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކުއްޔަށް ދޫކުރާ ގޭގެ މައުލޫމާތާއިއެކު، މަހަކަށް ކުއްޔަށް ދޫކުރާނެ އަގު އެނގޭނޭގޮތަށް، 2025 މެއި 27 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2025
ހޯދާ