އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހުޅުދޫ އަވަށުގައި ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައިވާ މުދާ ނެގުމާ ގުޅޭ

އިޢުލާން
​​​​​​​

ހުޅުދޫ އަވަށުގައި ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައިވާ މުދާ ނެގުމާއި ގުޅޭ

   ހުޅުދޫ އަވަށުގައި ގަވާއިދާ ޙިލާފަށް ވެހިކަލްތައް ޕާކު ކުރުމާއި ގަރާޖުތަކާއި އާންމު އެކިއެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ވެހިކަލް އަދި މުދާ ބަހައްޓާ މައްސަލަތައް އިތުރުވަމުންދާކަން މި އޮފީހަށް ވަނީ ފާހަނގަކުރެވިފައެވެ. މީގެ އިތުރުން ގަލާއި ވެލި، ކުނި ފަދަ ތަކެތި މަގުތަކުގައި ހުއްދަ ނެތި ބަހައްޓަމުންދާކަންވެސް ވަނީ ފާހަނގަކުރެވިފައެވެ. މިގޮތަށް މަގުމައްޗަށް ވެހިކަލާއި ތަކެތި ދޫކޮށްފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި  ދިމާވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓް ތަކަށް މަގުފަހިވާ ކަމެކެވެ.

   ވީމާ، ގިނަ ދުވަސްވަންދެން މަގު މަތީގައި ބަހައްޓާފައިވާ ބައު އުޅަނދުތަކާއި، މަގު މައްޗަށް ދަތިވާގޮތަށް ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 07 ދަވަހުގެ ތެރޭގައި ނެގުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިތަކެތި ނުނަގައިފިނަމަ ޤަވާޢިދު ނަންބަރު 2019/R-984 "ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން އެތަކެއްޗަކީ ދޫކޮށްފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު، އެޞަރަޙައްދުން އެތަކެތި މި އޮފީހަށް ފެންނަ ތަނަކަށް ބަދަލުކުރެވޭނެވާހަކަ ދަންނަވަމެވެ. އަދި މި ތަކެތި ބަދަލުކުރުމުގައި ލިބިދާނެ ގެއްލުމުގެ ޒިންމާ މި އޮފީހުން ނުނަގާނެ ވާހަކަ ދަންނަވެމެވެ.

‏24‏ ޛުލްޤަޢިދާ‏ 1446

22 މެއި 2025

22 މޭ 2025
ހޯދާ