ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ހޯދުން.

އިޢުލާން

 އެއްގަމުގައި ދުއްވާ ހެވީ ވެހިކަލް ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން މިއިދާރާއަށް ހޯދަން ބޭނުންވެއްޖެއެވެ.  

 

ބޭނުންވާ ޢަދަދު:  02 (ދޭއް)

އުޖޫރަ:

  • ވެހިކަލް އަކަށް -/35 ރުފިޔާ (ތިރީސްފަސް ރުފިޔާ)

ޝަރުތު:

  • ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާގެ މުވައްޒަފަކަށް ނުވުން.
  • ލިޔަންކިޔަން އެނގުން.
  • ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ C0 އާއި V2 ކެޓަގަރީ ހިމެނޭ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ޑްރައިވިން ލައިސަންސްގެ ކޮޕީ
  • ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)
  • އައި.ޑީ ކާޑުގެ ކޮޕީ
  • ހުށަހަޅާ ފަރާތުގެ ވަނަވަރު

              ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.  އެގްޒަރމިނަރ އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

22 މޭ 2025
ހޯދާ