ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދުގެކުޅިވަރުތަކުގެ ތެރެއިން މުބާރާތް ގޮތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

1446 ވަނަ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ (ބައިބަލާ، މަސްރޭސް އަދި ތްރީ-އޮން-ތްރީ) ތެރެއިން މުބާރާތް ގޮތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު 2025 ޖޫން 04 ވާ ބުދަ ދުވަހުގެ  12:00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ދެންނެވިފައިވާ ސުންގަޑީގެކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2025
ހޯދާ