ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

ބޮއިމަތީ ޤަބްރުސްތާން ސަރަޙައްދުގައިވާ ރުއްގަހުގެ ތެރެއިން، 01 އިން 34 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ނީލަންކިޔުން 2025 މޭ 27 ވާ އަންގާރަ ދުވަހުގެ 9:30 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.

         ނީލަމުން މިރުއްތައް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، 03 ދުވަހުގެ ތެރޭގައި ރުއްގަސް ކަނޑައި ރުއްގަހުގެ ބައިތައް އެތަނުން ނަންގަވައި ސާފުކުރަން ވާނެއެވެ.

            ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

22 މޭ 2025
ހޯދާ