މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
1434 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތަކުގައި ސައިހޮޓާ، ރެސްޓޯރަންޓް، ކެންޓީން އަދި އިމްޕޯޓް މުދާ ވިއްކާތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް

ޤާނޫނު ނަންބަރު 78/60 (އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ސައިހޮޓަލާއި ރެސްޓޯރަންޓު ހިންގުމުގެ ގަވާއިދުގެ 14 ވަނަ މާއްދާ އަދި ކެންޓީނު ހިންގުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ރޯދަމަހުގެ ރޭތަކާއި ފިޠުރު ޢީދުވިލޭރޭ ސައިހޮޓާ ރެސްޓޯރަންޓު އަދި ކެންޓީނުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ތިރީގައި މިދަންނަވާ ބަދަލު ގެނައުމަށް ނިންމަވާފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

މިގޮތުން، ރަމަޟާންމަހުގެ ރޭތަކުގައި އާންމުންނަށް ފަސޭހަކުރުމަށްޓަކައި، ސައިހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓުފަދަ ތަންތަން 1434 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުވާފައި ބެހެއްޓޭނީ އިރުއޮއްސުނީއްސުރެ މެންދަމު 3:00 އާ ހަމައަށެވެ.

އަދި ދަންނަވަމެވެ. ކުރީއަހަރުތަކެކޭވެސް އެއްގޮތަށް، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ.

              ‏25‏ ޝަޢުބާން‏ 1434

04 ޖުލައި 2013
ހޯދާ