ހދ.އަތޮޅު މަދަރުސާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހދ.އަތޮޅު މަދަރުސާގެ 2ބުރި ޢިމާރާތުގެ 2 ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
                                އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިމަދަރުސާގެ 2ބުރި ޢިމާރާތުގެ 2 ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 05 މެއި 2025ގައިކުރި (ނަންބަރ (GS-20/IUL/2025/06 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ.
 - މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
 - މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 މެއި 21 ން 2025 މެއި 27 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
 - ބިޑް ރަޖިސްޓްރީ ފޯމް ލިންކް: https://forms.gle/81xFTVL911qpiadW9
 - މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 28ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
 - މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2025 މެއި 29ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ، ވެރިފަރާތުގެ ސިޓީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
 - ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ13:00ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
 - މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
 - މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ހދ. އަތޮޅު މަދަރުސާ
ހދ. ވައިކަރަދޫ، ދިވެހިރާއްޖެ
ފޯން: 6520056
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
             21 މޭ 2025
            
        
                    ހޯދާ  
                
                